Advertisement
ކ. މާލެ
|
22 ޖުލައި 2025 | އަންގާރަ 13:21
ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
މަޖިލިސް
މަޖިލިސް 20
މި ސަރުކާރުން ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ހުށަހަޅުމަކީ ޖޯކެއް - އަމީން
އަމީން ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ ކަންކަމާއި މެދު ފެނަކަ އަށް ގުޅުމުން އެކަމަށް ވެސް އެކަށިގެންވާ އިޖާބަ އެއް ލިބޭ ގޮތް ވަނީ ނުވެފަ
ފެނާއި ނަރުދަމާ ލިބޭ ރަށުގައި ވެސް އަލަށް ފެން ގުޅާނެ ހޮޅި އެއް ނުލިބިގެން އެކަމަށް ހައްލު ހޯދާ ދިނުމަށް އެދި ފެނަކަ އަށް ލިޔުމުން ފޮނުވާފައި އޮންނަތާ ދެ އަހަރު ވެފައިވޭ

މި ސަރުކާރުން ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ހުށަހަޅުމަކީ ޖޯކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

އަމީން އެފަދައިން ވިދާޅުވީ ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އަމީން ވިދާޅުވީ ޕްރޮޖެކްޓްތައް ފަށާ، ޕްރޮޖެކްޓްތައް ނިންމާނެ ތާރީހުތައް މި ސަރުކާރުން ގާނޫނެއްގައި ލިޔުމަކީ ޖޯކެއް ކަމަށެވެ. އަދި ޤާނޫނެއްގައި އެކަން ބަޔާންކުރުމަކީ އިޚުލާސްތެރިކަން ދެއްކުމަށް ކުރާ ކެމެއް ކަމަށް ދެއްކި ނަމަވެސް، ސަރުކާރުގެ އަމަލުތައް ހުރީ އިޚުލާސްތެރިކަން ފެންނަ ގޮތަށް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ދަންނަވާލާނަން އަޅުގަނޑުގެ ދާއިރާގެ ހާލަތު ހުރި ގޮތް. ދާއިރާތައް ބެހި ފަހުން ށ. ކަނޑިތީމަކީ ކަނޑިތީމު ދާއިރާގައި އޮތް އެންމެ އާބާދީ ބޮޑު ރަށް. ކޮންމެ ވެރިކަމަކަށް މެޖޯރިޓީ ދިނިން. ގާނޫނުއަސާސީގައި އޮވޭ އަސާސީ ޚިދުމަތްތައް ލިބުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް. އެންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަނގަޅަށް ލިބެނީ.

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

އަމީން ވިދާޅުވީ އޭނަގެ ދާއިރާގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފަ، ޚިދުމަތް ނުލިބި ދެ ރަށް އެބަ އޮތްކަމަށެވެ. އަދި ވަކި ހިސާބަކަށް މަސައްކަތް ކޮށްފަ މަސައްކަތް ފުރިހަމަކުރުމަށް ކަމަށް ބުނެ އެމްޑަބްލިއުއެސްސީ އާއި ބައެއް ރަށްތަކުގެ މަސައްކަތް ހަވާލުކުރި އިރު އަދިވެސް އެ ރަށްތަކުގެ މަސައްކަތް ފެށޭނެ އިރެއް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ ކަންކަމާއި މެދު ފެނަކަ އަށް ގުޅުމުން އެކަމަށް ވެސް އެކަށިގެންވާ އިޖާބަ އެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ފެނާއި ނަރުދަމާ ލިބޭ ރަށުގައި ވެސް އަލަށް ފެން ގުޅާނެ ހޮޅި އެއް ނުލިބޭ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދާ ދިނުމަށް އެދި ފެނަކަ އަށް ލިޔުމުން ފޮނުވާފައި އޮންނަތާ ދެ އަހަރު ވެފައިވާ ކަަމަށް އަމީން ވިދާޅުވިއެވެ. އަދި ވެސް ހޮޅި ނުލިބޭ ކަމަށާއި، ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ޚިދުމަތް ނުލިބިގެން އަލަށް އިމާރާތްކޮށް ނިމުނު ގެތަކަށް ބަދަލު ނުވެވިފައި 12 ވަރަކަށް ގޭބިސީގެ މީހުން ތިބި ކަމަށް އަމީން ވިދާޅުވިއެވެ.

- ކޮމެންޓް