Advertisement
ކ. މާލެ
|
21 ޖުލައި 2025 | ހޯމަ 18:15
އަބްދުއްރަހުމާނުގެ މަރު: އޭނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ހޯމަ ދުވަހު ވަނީ އިންޑިއާއަށް ފޮނުވާފައި
އަބްދުއްރަހުމާނުގެ މަރު: އޭނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ހޯމަ ދުވަހު ވަނީ އިންޑިއާއަށް ފޮނުވާފައި
ރާއްޖެއެމްވީ
މޯލްޑިވްސް ޕޮލިސް ސަރވިސް
އަބްދުއްރަހްމާނުގެ މަރު: ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވައިފި
މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ހޯމަ ދުވަހު ވަނީ އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވާފަ
މަރާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ނުކުރޭ

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހްމާން އާދަމް، 65، ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި އެވެ.

އަބްދުއްރަހުމާނުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައި ވަނީ ހޯމަ ދުވަހުގަ އެވެ.

ފުލުހުން މީޑިއާ ތަކާއި ހިއްސާކުރި މެސެޖެއްގައި ބުނީ އަބްދުއްރަހްމާންގެ އޮޓޮޕްސީ ހަދަން އޭނާގެ ހަށިގަނޑު ފޮނުވީ އިންޑިއާގެ ޓްރިވެންޑްރަމަށް ކަމަށެވެ.

2025 ޖުލައި 11 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އެރޭގެ ފަތިހު ވަނީ ނިޔާވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯ އޮތީ ޗަސްކޮށްލާފައެވެ.

އަބްދުލް ރަހުމާންގެ މަރާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރެއެވެ. ފުލުހުން ބުނެފައިވަނީ އެ މަރާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި އެ މަރާއި ގުޅިގެން ޝައްކު ކުރެވޭ މީހަކުވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލަގައި އެ ރަށުގައި ފުލުހުން އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ ހުއްދަ ނެތި އެ ރަށުން މީހުން ފުރުން އަދިވެސް މަނާކޮށްފައިވާ ކަމަށާއި، އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓަރކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

- ކޮމެންޓް