Advertisement
ކ. މާލެ
|
20 ޖުލައި 2025 | އާދީއްތަ 23:48
ރާއްޖެ ޓީވީ ފަލަސުރުޚީ ޕްރޮގްރާމުގައި މޭޔަރ އާޒިމް ވާހަކަދައްކަވަނީ
ރާއްޖެ ޓީވީ ފަލަސުރުޚީ ޕްރޮގްރާމުގައި މޭޔަރ އާޒިމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ނަސަންދުރަ ކައިރި މަގު
ނަސަންދުރާ ކައިރިން މަގު ފުޅާކުރުމުގެ މަސައްކަތަކީ ނިމިދިޔަ ސަރުކާރުގައި ޕްލޭންކޮށް މަސައްކަތް ތާވަލްކޮށްފައިވާ ކަމެއް: އާޒިމް
މި މަސައްކަތާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ވެސް އެމްޓީސީސީން ހުޅުވާލި
މީގެ ކުރިން މި އަހަރުގެ ރޯދަ މަހަށް އެ މަސައްކަތް ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ

ނަސަންދުރާ ކައިރިން ބޭރު މަގަށް ވާގޮތަށް އޮތް ބައި ފުޅާކުރުމުގެ މަސައްކަތަކީ، ނިމިދިޔަ ސަރުކާރުގައި އިންޖިނިއަރިންގެ މަސައްކަތް ވެސް ނިމިފައިވާ ކަމެއް ކަމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެ މަސައްކަތް ކޮށްފައި ވަނީ އޭނާ އެމްޓީސީސީގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިރުގައި ކަމަށް އާޒިމް ވިދާޅުވިއެވެ. އެ މަސައްކަތް ކުރައްވާފައި ވަނީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ވިސްނުންފުޅާއި އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތާއި ގުޅޭ ހުރިހާ ކަމެއް ވާނީ ނިންމާފައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މި ސަރުކާރަށް އެއްވެސް ކަމެއް ނުވާ ކަމަށާއި، އިޚުލާސްތެރިކަމާއި އެކު މަސައްކަތް ކުރާ ނަމަ މިފަދަ މަސައްކަތްތައް އޮންނާނީ ނިމިފައި ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ ޓްރެފިކް މައްސަލަ ހައްލު ނުވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

"އިންޖިނިއަރިން މަސައްކަތް ވެސް ކޮށް، ހުރިހާ ކަމެއް ނިންމާފައި ހުރީ. ޕްލޭންކޮށް، އިންޖިނިއަރިން މަސައްކަތްކުރަންވީ ގޮތުގެ ތާވަލް ހަދާ، މަސައްކަތް ފަށަންވީ ކޮންތާކު ކަމާ، ހުރިހާ ކަމެއް ނިންމާ މަސައްކަތުގެ ތާވަލްވެސް ހަދާފައި އޮތީ. އަދިވެސް އެ ބޭފުޅުން އެ އުޅެނީ އެކަން ނުކުރެވިގެން. " އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އެ މަސައްކަތަކީ މި ސަރުކާރުގެ މަސައްކަތެއް ކަަމަށް ފާހަގަކޮށްފައެވެ. މީގެ ކުރިން މި އަހަރުގެ ރޯދަ މަހަށް އެ މަސައްކަތް ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ މަސައްކަތް ކުރުމަށް ހަވާލުކުރީ އެމްޓީސީސީ އާއި ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އެހެންނަމަވެސް މިހާތަަނަށް އައި އިރު ވެސް މިކަމުގެ އަމަލީ މަސައްކަތް ފެށިފަ އެއް ނުވެއެވެ.

ދާދިފަހުން، މި މަސައްކަތާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ވެސް އެމްޓީސީސީން ހުޅުވާލިއެވެ.

- ކޮމެންޓް