Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 23:44
އޮޅުވެލިފުށި ބަނދަރު ތަރައްްގީ ކުރުމުގެ މަޝްރޫއު ފެއްޓުމަށް ގެންދިޔަ ލޯޑަރު - 27-10-2025
އޮޅުވެލިފުށި ބަނދަރު ތަރައްްގީ ކުރުމުގެ މަޝްރޫއު ފެއްޓުމަށް ގެންދިޔަ ލޯޑަރު - 27-10-2025
އެމްޓީސީސީ
އޮޅުވެލިފުށި
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
66.40 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތްތައް 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފަ
803 މީހުންގެ އާބާދީއެއް ދިރިއުޅޭ އޮޅުވެލިފުށީގެ ރައްޔިތުންނަށް ތަނަވަސް ބަނދަރެއް މި މަޝްރޫޢު ނިމުމުން ލިބިގެންދާނެ

ލޯޑަރެއް ގެންގޮސްގެން ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފި އެވެ.

ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު އެރަށުގައި ބޭއްވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

66.40 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތްތައް 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފަ އެވެ. މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ކުރީގެ ފަޅު އަލުން ފުންކުރުމާއި، އައު ހާބަރ ބޭސިނެއް ހެދުމާއި، ނެރު ފުންކުރުމާއި، ރިވެޓްމެންޓް އަދި ބޭރުތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން، އާރްސީ ބްރިޖަކާއި ޖެޓީއެއް އަދި ހާބަރ ޕޭވްމަންޓެއް ހެދުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

803 މީހުންގެ އާބާދީއެއް ދިރިއުޅޭ އޮޅުވެލިފުށީގެ ރައްޔިތުން މިހާރު ދަނީ ބަނދަރުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ތަޙައްމަލުކުރަމުންނެވެ. ނަމަވެސް މި މަޝްރޫޢު ނިމުމުން އުޅަނދުފަހަރު އެޅުމަށާއި މުދާ އަރުވައި ބޭލުމަށް ފަސޭހަ، ތަނަވަސް ބަނދަރެއް ރައްޔިތުންނަށް ލިބިގެންދާނެ އެވެ.

އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ހުރިހާ ކަންކަމުގެ ތެރެއިންވެސް ބަނދަރުގެ މަޝްރޫޢު ވެގެންދާނީ ރަށުގެ ތަރައްޤީގެ ކުރިމަގަށް ކުރެވޭ އެންމެ މުހިންމު ޢުމްރާނީ އެއް މަސައްކަތްކަމުގަ އެވެ.

- ކޮމެންޓް