Advertisement
ކ. މާލެ
|
20 ޖުލައި 2025 | އާދީއްތަ 23:48
އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައުދީ
އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައުދީ
ރާއްޖެއެމްވީ ގްރެފިކްސް
ފ.މަގޫދޫ އެއާޕޯޓް
މަގޫދޫ އެއާޕޯޓަށް ގެއްލުން ދިނުމާއި މެދު ސުވާލުކުރުމުން ސައުދީގެ ޖަވާބު: "ކޯލް އަވަރ މީޑިއާ ޕަރސަން"
މި މަހުގެ 14 ވަނަ ދުވަހު މަގޫދޫ އެއާޕޯޓަށް ގެއްލުންދިން އިރު އެ ތަނުގައި އެމްޓީސީސީގެ މެޝިނަރީތައް ވެސް ހުރި
މީޑިއާތަކުން ސުވާލުކުރުމުން ފަސޭހައިން ޖަވާބުދެވެން ހުންނަ ކަންކަމުގައި ވެސް ދިގު މަރުހަލާތައް މެދުވެރިކޮށް ސުވާލު ހޯދަން މަޖުބޫރު ވާ ގޮތަށް ވުޒާރާތަކާއި އިދާރާތަކުން އަމަލުކުރަމުންދޭ

ފ.މަގޫދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓުގެ ފަޔަރ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި ގުޅިގެން މައުލޫމާތު ހޯދުމަށް ސުވާލުކުރުމުން އެ ސުވާލު އެމްޓީސީސީގެ މީޑިއާ އާއި ކުރުމަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައުދީ އެދިވަޑައިގެންފިއެވެ.

މަގޫދޫ އެއާޕޯޓަށް ބަޔަކު ގެއްލުންދީ، އެތަނުގައި ހުޅުޖަން މަސައްކަތްކުރި ކަން ފުލުހުން ވެސް ވަނީ ހާމަކޮށްފައެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން ބުނީ، އެއާޕޯޓުގެ ފަޔަރ ބިލްޑިންގެ ވަށައިގެންވާ ބިއްލޫރިތައް ތަޅާލާފައިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިތަނަކީ އެމްޓީސީސީގެ ބެލުމުގެ ދަށުގައި އޮތް ސައިޓަކަށް ވުމާއި އެކު އެކަން ހިނގާ ގޮސްފައިވާ ގޮތް ސާފުކުރުމަށް ސައުދީ އާއި ރާއްޖެ އެމްވީން ވަނީ ސުވާލުކޮށްފައެވެ. ސައުދީ އެންމެ ފުރަތަމަ ވިދާޅުވީ މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

ރާއްޖެއެމްވީން ވަނީ އެތަނުގައި ހުރި ތަކެތީގެ ތެރެއިން ގެއްލުން ލިބުނީ ކޮން އެއްޗަކަށްތޯ އަދި ލިބިފައިވާ ގެއްލުމަކީ ކޮބާތޯ ސުވާލުކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ސައުދީ ވިދާޅުވީ މަޑުކޮށްގެން ތިބީ ފުލުހުންގެ އިންވެސްޓިގޭޝަން ނިމެންދެން ކަމަށެވެ.

ރާއްޖެ އެމްވީން ވާނީ އާއްމުކޮށް އެ ސައިޓުގައި މީހުން ތިބޭތޯ ވެސް ސުވާލުކޮށްފައެވެ. އަދި އެތަނުގެ މަސައްކަތް ކުރިއަށް ނުދާ ނަމަ އެތަން އޮންނަނީ ހުސްކޮށްތޯ ވެސް ސުވާލުކޮށްފައިވާނެއެވެ. އެ ސުވާލަށް ޖަވާބު ނުދެއްވާ ސައުދީ ވިދާޅުވީ އެމްޓީސީސީގެ މީޑިއާ އަށް ގުޅުމަށެވެ. އެހެން ސުވާލުތަކަށް ސައުދީ ޖަވާބު ދެއްވާފައި މި ސުވާލަށް ޖަވާބު ނުދެއްވާ ކަމުން ރެކިވަޑައިގެން މީޑިއާ މީހުންނާ ގުޅުމަށް ވިދާޅުވުމުން މިކަމުގައި ފޮރުވިގެންވާ ކަންތައްތަކެއް ވާކަން ފާހަގަ ކުރެވެއެވެ .

ސައުދީ މި މޭރުމުން ޖަވާބުދެއްވާފައިވާ އިރު މި ސަރުކާރުން ބުނަމުން ދަނީ މިއީ މީޑީއާ އާއި ރަހުމަތްތެރި ސަރުކާރެއް ކަމަށެވެ. ނަމަވެސް މީޑިއާތަކުން ސުވާލުކުރުމުން ފަސޭހައިން ޖަވާބުދެވެން ހުންނަ ކަންކަމުގައި ވެސް ދިގު މަރުހަލާތައް މެދުވެރިކޮށް ސުވާލު ހޯދަން މަޖުބޫރު ވާ ގޮތަށް ވުޒާރާތަކާއި އިދާރާތަކުން އަމަލުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މި މަހުގެ 14 ވަނަ ދުވަހު މަގޫދޫ އެއާޕޯޓަށް ގެއްލުންދިން އިރު އެ ތަނުގައި އެމްޓީސީސީގެ މެޝިނަރީތައް ވެސް ހުއްޓެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 2022 ވަނަ އަހަރެވެ.

- ކޮމެންޓް