Advertisement
ކ. މާލެ
|
20 ޖުލައި 2025 | އާދީއްތަ 18:49
ލޭބާރ ރިލޭޝަންސް އޮތޯރިޓީ
ލޭބާރ ރިލޭޝަންސް އޮތޯރިޓީ
ސަން އޮންލައިން
ވަޒީފާއާބެހޭ ޓްރައިބިއުނަލް
އެމްޑީޕީ ޖަލްސާއެއްގައި ގުރުއާން ކިޔަވައިގެން ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފި
އެކަމާއި ގުޅިގެން ޓްރައިބިއުނަލުން ބުނީ، އަހްމަދު ޝާއިނު އެޗްޑީސީގެ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކުރި ކުރުމަކީ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި ކުރުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

އެމްޑީޕީން މިމަހު ބޭއްވި ހަރުގެ ޖަލްސާއެއްގައި ގުރުއާން ކިޔަވައިގެން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މަސައްކަތްކުރާ އަހްމަދު ޝާއިނު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމައިފި އެވެ.

އެކަމާއި ގުޅިގެން ޓްރައިބިއުނަލުން ބުނީ، އަހްމަދު ޝާއިނު އެޗްޑީސީގެ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކުރި ކުރުމަކީ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި ކުރުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

އެކުންފުނިން ޝާއިނު ވަކިކުރިކަން އަންގާފައިވަނީ އޭނާއަށް ފޮނުވި ޗިޓުގައެވެ. އެޗިޓުގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރީ ތިން ދުވަހަކު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން ކަމަށެވެ. އެޗްޑީސީގެ ސިޓީގައި ބުނެފައިވަނީ އެ ކުންފުނީގެ ޑިސިޕްލިނަރީ އުސޫލުގެ ތެރޭގައި އެއްޗެސް މުވައްޒަފަކު ސަބަބެއް ނެތި އަހަރެއްގެ ތެރޭގައި ތިން ދުވަހު މަސައްކަތަށް ނުނިކުމެއްޖެނަމަ ވަޒީފާއިން ވަކިކުރުމުގެ އިހުތިޔާރު ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

ޓްރައިބިއުނަލުން ހާމަ ކުރިގޮތުގައި އަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ސަބަބަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ޓްރައިބިއުނަލްއަށް ލިބޭ ބާރުގެ ދަށުން، އަހްމަދު ޝާއިނަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 6،800ރ. ގެ ނިސްބަތުން ދެ މަހަށްވާ 13،600ރ. ނަގައިދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

ޓްރައިބިއުނަލްގެ ހުކުމުގައިވާ ގޮތުގައި އަހްމަދު ޝާއިނަށް އަދާކުރަން ޖެހޭ 13،600ރ. މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން 15 ދުވަހުގެ ތެރޭގައި އަހްމަދު ޝާއިނުއަށް އެކީ އެއްފަހަރާ ދިނުމަށް އެޗްޑީސީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

- ކޮމެންޓް