ކ. މާލެ
|
17 ޖުލައި 2025 | ބުރާސްފަތި 21:24
އީރާން-އިސްރާއީލް ހަނގުރާމައިގައި މަރުވި މީހުން ވަޅުލުމަށް ޚާއްސަކޮށްފައިވާ ގަބުރުސްތާނުގެ ގޯތިތެރޭގައި، އީރާނުގެ ޒުވާން ދެ އަންހެނުން އިސްރާއީލުގެ ހަމަލާތަކުގައި މަރާލާފައިވާ މީހެއްގެ މަހާނާގައި މާ ބަހައްޓަނީ، ޖުލައި 17، 2025
އީރާން-އިސްރާއީލް ހަނގުރާމައިގައި މަރުވި މީހުން ވަޅުލުމަށް ޚާއްސަކޮށްފައިވާ ގަބުރުސްތާނުގެ ގޯތިތެރޭގައި، އީރާނުގެ ޒުވާން ދެ އަންހެނުން އިސްރާއީލުގެ ހަމަލާތަކުގައި މަރާލާފައިވާ މީހެއްގެ މަހާނާގައި މާ ބަހައްޓަނީ، ޖުލައި 17، 2025
ގެޓީ އިމޭޖަސް
އީރާން-އިސްރާއީލު ހަމަނުޖެހުން
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި
މިއީ އިސްރާއީލު ސިފައިންގެ މީހަކާއި "އަދާވާތްތެރި" ބޭރުގެ ފަރާތްތަކާ ދެމެދު ސީދާ ގުޅުން އޮތް ކަމަކަށް ވާތީ، މިއީ ވަރަށް ނުރައްކާތެރި ހާދިސާއެއް ކަމުގައި އިސްރާއީލުން އަންނަނީ ބަލަމުން

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ޤައުމުގެ ސިފައިންގެ މީހަކު އީރާނަށް ފައިސާ އަށް ޖާސޫސީކުރި ކުށުގެ ދައުވާ އުފުލައިފިކަމަށް އެ ޤައުމުގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޭޖެންސީ ޝިން ބެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ނަން ހާމަނުކުރާ އެ ސިފައިންގެ މީހާ، މިދިޔަ މަހު އިސްރާއީލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން މިސައިލްތައް އިންޓަރސެޕްޓްކުރި މަންޒަރާއި އީރާނުގެ ރޮކެޓް ހަމަލާތައް އަމާޒުވި ތަންތަނުގެ ވީޑިއޯ ފޮނުވާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

އޭނާ އިސްރާއީލުގެ އަސްކަރިއްޔާ ގައި އަދާކުރާ ވަޒީފާގެ ތެރެއިން ލިބުނު އެއްވެސް މައުލޫމާތެއް ފޮނުވާފައި ނުވާ ކަމަށާއި، އީރާނަށް ދީފައިވާ އެއްވެސް މައުލޫމާތަކީ ސިއްރު މައުލޫމާތެއް ނޫން ކަމަށް ސަލާމަތީ ޚިދުމަތުން ބުނެފައިވެއެވެ.

ނަމަވެސް، އެ ބަޔާނުގައި ބުނެފައިވަނީ: "މިއީ އިސްރާއީލު ސިފައިންގެ މީހަކާއި އަދާވާތްތެރި ބޭރުގެ ފަރާތްތަކާ ދެމެދު ސީދާ ގުޅުން އޮތް ކަމަކަށް ވާތީ، މިއީ ވަރަށް ނުރައްކާތެރި ހާދިސާއެއް ކަމުގައި ބެލެވޭ؛" ކަމަށެވެ.

އޭނާ މިއަންނަ ހަފްތާއާ ހަމައަށް ބަންދުގައި ބަހައްޓަން އަސްކަރީ ކޯޓަކުން އަމުރުކޮށްފައިވެއެވެ.

މި ދައުވާގެ ޚަބަރު ފެތުރުނީ، އީރާނަށް ޖާސޫސު ކުރުމާ ދެކޮޅަށް އިސްރާއީލުން އާދަޔާ ޚިލާފު، ޤައުމީ ފެންވަރުގެ މީޑިއާ ކެމްޕޭނެއް ފެށި ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ. މި އިޝްތިހާރުތަކުގައި ބުނެފައިވަނީ މައުލޫމާތު ދިނުމުގެ ބަދަލުގައި އީރާނުން ފައިސާ ހިފާ މީހުންނަށް 15 އަހަރާ ހަމައަށް ޖަލަށްލެވިދާނެ ކަމަށެވެ.

އަނެއްކޮޅުން، އީރާނުން މިދިޔަ މަހު ވަނީ އެތައް ބަޔެއްގެ މައްޗަށް ވަނީ އިސްރާއީލަށް އެއްބާރުލުން ދިނުމާއި އެ ޤައުމުގައި ސިއްރު އޮޕަރޭޝަންތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ކުށް ސާބިތުވުމާ ގުޅިގެން މަރުގެ އަދަބު ތަންފީޒުކޮށްފައެވެ.

- ކޮމެންޓް