Advertisement
ކ. މާލެ
|
17 ޖުލައި 2025 | ބުރާސްފަތި 13:07
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ކަމަށް އެންޑީއޭގެ ބޯޑުގެ ކުރީގެ މެންބަރު ކޭޑީ ފާހަގަކުރައްވާ
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ކަމަށް އެންޑީއޭގެ ބޯޑުގެ ކުރީގެ މެންބަރު ކޭޑީ ފާހަގަކުރައްވާ
ރާއްޖެއެމްވީ
ފަރުވާގެ ޕްރޮގްރާމް
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެތް - ކޭޑީ
އެންޑީއޭއިން ކުރާ ކަމަކީ ބަޔަކު ގެންގޮސް ބަންދުކޮށްގެން ކާންދީ ބޯންދީ ބަލަހައްޓަނީ
ދިވެހިރާއްޖޭގައި ފަރުވާއެއްގެ ސިފަ ލިބިފައިވާ ފަރުވާގެ ނިޒާމެއް ނެތް

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި ނެތް ކަމަށް އެ އެޖެންސީގެ ކުރީގެ ބޯޑު މެންބަރު އަހުމަދު އަބްދުއްސައްތާރު (ކޭޑީ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ ދިވެހިރާއްޖޭގައި ފަރުވާގެ ނިާމެއް ނޯންނަ ކަމަށެވެ. އަދި އެންޑީއޭއިން ކުރާ ކަމަކީ ބަޔަކު ގެންގޮސް ބަންދުކޮށްގެން ކާންދީ ބޯންދީ ބަލަހައްޓަނީ ކަމަށާއި، ފަރުވާއެއްގެ ސިފަ ލިބިފައިވާ ފަރުވާގެ ނިޒާމެއް ރާއްޖޭގައި ނެތް ކަމަށެވެ.

ފިލިޕީންގައި އެބޭފުޅުންގެ ވެރިކަމުގެ ނިޒާމަށް އައި ބަދަލާއެއްކޮށް އެމީހުން ގަބޫލުކުރީ މީހުން މަރައިގެން ވެސް މިކަން ހުއްޓުވަން ޖެހޭ ކަމަށް. ނަމަވެސް ވަކި ހިސާބަކުން ޓެކްނިކަލް މީހުންގެ ބަސް ގަބޫލުކޮށް ޓެކްނިކަލީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފެށީ. މިހާރު އެ ގައުމަކީ ދުނިޔެ ގަބޫލުކުރާވަރުގެ އެވިޑެންސް ބޭސްޑް ކޮލިޓީ ބޭސްހުރިތަނެއް އެއީ. އަޅުގަނޑު ރައީސްއަށް މިވަގުތުވެސް ގޮވާލައްވަން އަދި ބާކީ އެބައޮތޭ ފްރެޝްކޮށް 3 އަހަރު. މި 3 އަހަރު ތެރޭގައި ޓެކްނިކަލް މީހުންނަށް މިކަން ދޫކޮށްލައިފިނަމަ މިކަމުގައި ކުރިއެރުންތަކެއް ލިބިގެންދާނެ. އެއްވެސް ވެރިކަމެއްގައި، އަދި މި ވެރިކަމުގައިވެސް މިކަމަށް އަޅާނުލާކަން މި އެނގެނީ.

އެންޑީއޭގެ ކުރީގެ ބޯޑު މެންބަރު އަހުމަދު އަބްދުއްސައްތާރު (ކޭޑީ)

ކޭޑީ ވިދާޅުވީ ފަރުވާގެ ނިޒާމެއް އޮތްނަމަ އަސާސްތަކެއް އޮންނާނެ ކަމަށެވެ. އަދި މީހަކު ފަރުވާ ފެށުމުގެ ގޮތުން ހަދަންޖެހޭ އެސެސްމަންޓްތަކާއި ބަލިހާލަތު ހުރިގޮތާއި ފަރުވާއަށް ވެއްދުމަށްފަހު މުޖްތަމައުއަށް ނެރޭއިރު ދަސްވެފައި ހުންނަންޖެހޭ ކަންކަން އޮންނަންވާނެ ކަމަށް ކޭޑީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑްރަގް ކޯޓަކާއި، އެންޑީސީސީ އަކާއި އެންޑީއޭއެއް އޮތް އިރު އެ ފަރާތްތަކުގެ ޒިންމާތަކެއް އޮތް އިރު، އެ ކަންކަން ފުރިހަމަ ނުކޮށް ފަރުވާގެ ތެރެއިން ކުއްޖަކު ނެރޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

- ކޮމެންޓް