Advertisement
ކ. މާލެ
|
8 ޖުލައި 2025 | އަންގާރަ 10:36
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު
ރައްޔިތުންގެ މަޖިލިސް
މަޖިލިސް 20
"ރައްޔިތުން ތިބީ ވިކުރާ ޖަހާ ދަރަނިވެރިވެފައި، އާންމު ވޯޓުގެ ބިލް ހުށަހަޅައިގެން ސަރުކާރުން ޖަހަނީ ސަކަރާތް" - މައުރޫފް
އާންމު ޚިޔާލު ހޯދުމުގެ ބިލު ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު
ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމާއި، ރިޔާސީ ދައުރު ކަނޑައެޅުމާއި ރައީސް އިންތިޚާބު ކުރާ ގޮތް ބަޔާންކުރުމަށް ވެސް އާއްމު ވޯޓެއް ނެގިދާނެކަމަށް ބިލުގައިވޭ
f

ރައްޔިތުން މިއަދު ތިބީ ވިކުރާ ޖަހާ ދަރަނިވެރިވެފައި ކަމަށާއި، ސަރުކާރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ބިލު ހުށަހަޅައިގެން ސަރުކާރުން ޖަހަނީ ސަކަރާތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު މަޖިލީހުގައި ވާކަދައްކަވަމުންނެވެ.

މި ސަރުކާރުން އަލަށް ބިލެއް ޑްރާފްޓް ކުރުމަށް ފަހު ފޮނުވި ބިލަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ބިލުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ މި ވަގުތު ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އެ ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމާއި، ރިޔާސީ ދައުރު ކަނޑައެޅުމާއި ރައީސް އިންތިޚާބު ކުރާ ގޮތް ބަޔާންކުރުމަށް އާންމުންގެ ޚިޔާލަށް އެހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބޭސް ލިބުން ފަދަ އަސާސީ ކަންކަން ވެސް ރައްޔިތުންނަށް ފުރިހަމަ ނުވާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މަޖިލީސް މިއަދު އަވަދިނެތި އުޅެނީ ރައީސް ބޭނުންފުޅުވެގެން އެ މަނިކުފާނުގެ ދައުރު ދިގު ދަންމާލަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އާންމުންގެ ޚިޔާލު ހޯދަން ހިމަނާފައި ހުރި އެހެނިހެން ކަންކަމަކީ ވެސް ރައިީސް ބޭނުންފުޅު ވެގެން ޚަރަދު ކުޑަކުރަން ހުށަހަޅާފައިވާ ކަންކަން ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން މި ބިލުގެ ހަގީގީ މަގްސަދަކީ ކޮބައިތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

ރައްޔިތުން އެތިބީ ކާބޯތަކެތީގެ އަގު އިންތިހާ އަށް މަތިވެގެން، ފިހާރަތަކަށް ވިކުރާ ޖަހާ ދަރަނިވެރިވެފައި. ރައްޔިތުން އެ ތިބީ އަސާސީ ބޭސް ނުލިބިގެން ސަލާން ޖަހަން. ކޮންމެ ދުވަހަކު އަޅުގަނޑުމެންނަށް ގުޅަނީ ބޭސް ސިޓީ އަށް ބޭސް ނުލިބިގެން. މިއީތޯ ކުރަން ފެނުނު އެންމެ މުހިންމު ކަމަކީ މިވަގުތު. އިއްޒަތްތެރި ރައީސް މިއަށް ވުރެ ޒިންމާދާރުވެ، ރައްޔިތުންނާއި މެދު އެބަ ޖެހޭ ވިސްނާލަން.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މައުރޫފް ވަނީ ރައީސް މުއިއްޒު އެ އަމަލުކުރައްވަނީ ރަސްކަލަކު އަމަލުކުރައްވާ މޭރުމުން ކަމަށް ވިދާޅުވެ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިފަދަ ބިލެއް ހުށަހެޅުމަށް ވުރެ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށް މަޝްރޫޢުތައް ހިންގުން އާންމުންނަށް މާ ފައިދާ ބޮޑުވާނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައވެެ.

އާންމު ޚިޔާލު ހޯދުމުގެ ބިލު ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ.

ބިލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ކަންކަން ވަނީ ބަޔާންކޮށްފައެވެ. އަދި އެކަމާއި ގުޅޭ އުސޫލުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމާއި، ގައުމީ މުހިންމު މައްސަލަތަކުގައި، އަދި ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާ އަކާއި މެދު މިފަދަ ވޯޓެއް ނެގިދާނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމާއި، ރިޔާސީ ދައުރު ކަނޑައެޅުމާއި ރައީސް އިންތިޚާބު ކުރާ ގޮތް ބަޔާންކުރުމަށް ވެސް އާއްމު ވޯޓެއް ނެގިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ރާއްޖޭގެ ސަެރަހައްދާއި މެދު ވެސް އެފަދަ ވޯޓެއް ނެގިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

- ކޮމެންޓް