Advertisement
ކ. މާލެ
|
6 ޖުލައި 2025 | އާދީއްތަ 19:21
ހަވާ އަރުވަން ދީފައިވާ ކުންފުނި
ހަވާ އަރުވަން ދީފައިވާ ކުންފުނި
ސޯޝަލް މީޑިއާ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
އެއާޕޯޓު ޓަރމިނަލް ހުޅުވާ ހަފުލާ އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކަށް
އެ ކުންފުންޏަކީ ފާޅުގައި އިސްރާއީލަށް ތާއީދުކޮށް އިސްރާއީލަށް ތާއީދު ކުރާކަން ދެއްކުމަށް ވަކާލާތުކޮށްފައިވާ ކުންފުންޏެއް
އެ ހަފްލާގައި ހަވާ އެރުވުމަށް ހަވާލުކޮށްފައި ވަނީ 5 މިލިއަން ޑޮލަރަށް
f

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަން ހުޅުވާ ހަފުލާ ބޭއްވުމުގެ ކަންކަން އިސްރާއީލަށް ފަނޑުކުރާ ކުންފުންޏަކަށް ހަވާލުކުރިކަން ހާމަވެއްޖެއެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަފްލާގައި ހަވާ އެރުވުމަށް ހަވާލުކޮށްފައި ވަނީ 5 މިލިއަން ޕައުންޑަށެވެ. އަދި ހަވާ އަރުވަން ހަވާލުކޮށްފައި ވަނީ ބަނާނާ ސްޕްލިޓް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏަކީ ލަންޑަންގައި ބޭސްކޮށްފައިވާ ލަގްޒަރީ އިވެންޓް އަދި ލަގްޒަރީ ވެޑިން ޕްލޭނާއެކެވެ. އެ ކުންފުންނަކީ ބައިނަލްއަޤުވާމީ ގޮތުން ހަރަކާތްތެރިވާ ކުންފުންޏެކެވެ.

އެ ކުންފުންޏަކީ ފާޅުގައި އިސްރާއީލަށް ތާއީދުކޮށް އިސްރާއީލަށް ތާއީދު ކުރާކަން ދެއްކުމަށް ވަކާލާތުކޮށްފައިވާ ކުންފުންޏެކެވެ.

އަޑިނޭނގޭ ޑީލްއެއްގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީއައިޕީ ޓާރމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދޭން ނިންމާފައިވާ ވާހަކަތައް ފެތުރިފައިވަނިކޮށް ޖެޓެކްސް ޕްރޮޕޯސަލް ވަނީ ލީކްވެފައެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން، މިޕްރޮޕޯސަލް ލިބިފައިވާއިރު، ޖެޓެކްސްއިން ހުށަހަޅާފައިވަނީ ވީއައިއޭގެ އައު ޓާރމިނަލްގެ ކޮންސިއަރޖް ސަރވިސް، ގްރައުންޑް ހޭންޑްލިންގ ސަރވިސް، އަދި ވިއައިޕީ ޕެސެންޖަރ ހޭންޑްލިންގ ހިމެނެއެވެ. އެގޮތުން ވިއައިޕީ ޓަރމިނަލް ފަރުމާކޮށް ޑިޒައިންކުރާނީ ޖެޓެކްސްއިން ކަމަށާއި ޖެޓެސްކްސްގެ ޖީއޭ ފްލައިޓްތަކަށް އެއްހާސް ސްކެއަރ މީޓަރުގެ ސަރަހައްދެއް ވަކިން ހާއްސަކުރަން ޖެހޭއިރު މިތަން އެއަރޕޯޓްގެ އެހެނިހެން ކަންކަމަށް ބޭނުންކުރެވޭނީ ޖެޓެކްސްގެ ޖީއޭ ފްލައިޓްތައް ނެތް ވަގުތުތަކުގައި ކަމުގައި ވަނީ ބުނެފައެވެ.

- ކޮމެންޓް