ކ. މާލެ
|
4 ޖުލައި 2025 | ހުކުރު 18:47
ޣައްޒާގައި ބަނޑުހައިހޫނުކަމުގައި އުޅޭ ކުޑަކުދިންތަކެއް ކާތަކެތި ހޯދުމަށް އެހީފޯރުކޮށްދޭ މަރުކަޒެއްކައިރީގައި ހަރަކާތްތެރިވަނީ
ޣައްޒާގައި ބަނޑުހައިހޫނުކަމުގައި އުޅޭ ކުޑަކުދިންތަކެއް ކާތަކެތި ހޯދުމަށް އެހީފޯރުކޮށްދޭ މަރުކަޒެއްކައިރީގައި ހަރަކާތްތެރިވަނީ
އައިއެފްޕީއާރުއައި
އެކުވެރި ދައުލަތްތަކުގެ އިންސާނީ ޙައްޤުތަކުގެ އޮފީ
ގައްޒާގެ އިންސާނީ އެހީ ފޯރުކޮށްދޭ ސަރަޙައްދުތަކުން މިހާތަނަށް 613 މީހުން ޝަހީދުކޮށްލައިފި
ޣައްޒާގައި އިންސާނީ އެހީދޭ މަރުކަޒު ތަކާއި ގާފިލާތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި 613 މީހުން ޝަހީދުވެފައިވާކަން އދ އިން ވަނީ ހާމަކޮށްފަ، އަދި އެހީގެ ގާފިލާތަކާއި މަރުކަޒުތަކަށް ވެސް ހަމަލާތަކެއް ދީފައިވުމުން ޝަހީދުވި މީހުންގެ އަދަދު މިއަށް ވުރެވެސް އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފަ
f

ޣައްޒާގެ އިންސާނީ އެހީ ފޯރުކޮށްދޭ މަރުކަޒު ތަކާއި އެހީގެ ގާފިލާތަކުގެ ކައިރީގައި އިސްރާއީލުހެ އަސްކަރިއްޔާއިން ދިން އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 613 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް އެކުވެރި ދައުލަތްތް އދ. ގެ އިންސާނީ ޙައްޤުތަކުގެ އޮފީހުން ހާމަކޮށްފިއެވެ.

ޖެނީވާގައި އޮތް ނޫސްވެރިންނަށް މައުލޫމާތު ދިނުމުވެ ބައްދަލުވުމުގައި މުޚާތަބުކުރައްވަމުން އދ. ގެ އިންސާނީ ޙައްޤުތަކުގެ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވީ، ޖޫން 27 ގެ ނިޔަލަށް، ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ މަރުކަޒުތަކާއި އެހީގެ ޤާފިލާތަކުގެ ކައިރީގައި 613 މީހުން ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށެވެ.

އެ މުއްދަތުގެ ފަހުން ވެސް އިތުރު ހާދިސާތައް ހިނގާފައިވާކަމަށް ޝަމްދަސާނީ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު ޝަހީދުވެފައިވާ މީހުންގެ އަދަދު މިއަށްވުރެ އިތުރުވެފައިވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާތަކާ ގުޅިގެން އދ. އިން ދަނީ މިކަމުގެ ތަޙްޤީޤުތައް ކުރިއަށް ގެންދަވަމުން ކަމަށާއި އަދި ހަނގުރާމައިގެ ޙާލަތުގައިވެސް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެހައި ފަރާތްތަކަށް ގޮވާލައްވާފައި ވާނޭ ކަމަށް ވެސް އދ. އިން ބުނެފައިވެ އެވެ.

2023 އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 57،000 އިން މައްޗަށް އަރާފައެވެ. އޭގެ އިތުރުން ޣައްޒާގެ އާބާދީގައި ހިމެނޭ 2 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ވަނީ އެއް ފަރަހަަށް ވުރެ ގިނަ ފަހަރު އެމީހުންގެ ގެދޮރުން ނުކުންނަން އިސްރާއީލުން މަޖުބޫރު ކޮށްފައެވެ.

- ކޮމެންޓް