ރާއްޖޭގައި ހަލާލް ޓޫރިޒަމް ކުރިއަރުވަން، ލުއިތަކާ އެކު ރަށްތަކެއް ދޫކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުކުުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ހަލާލް ޓުއަރިޒަމްގެ ދާއިރާ ފުޅާކޮށް އާ ހަރުފަތަކަށް ގެންދިއުމަށްޓަކާ ރާއްޖޭގެ ރަށްތަކެއް ދޫކުރަން ނިންމަވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމަށްޓަކާ ކަނޑައަޅާ ރަށްތަކުގެ އަދަދާއި ގުޅޭ ތަފްސީލެއް އެމަނިކުފާނު ހާމަކުރައްވާފަ އެއް ނުވެއެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔެ އަށް މަޝްހޫރު ފަތުރުވެރިކަމެއް ކަމަށެވެ. އެހެންކަމުން މިހާރު ބޭނުމީ ހަލާލް ޓުއަރިޒަމްގެ ކުރިއަރާފައިވާ ޤައުމަކަށް ވާން ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ހަލާލް ޓުއަރިޒަމް އަށް އިންވެސްޓް ކުރާ އިންވެސްޓަރުންނަށް ގިނަ ލުއިތަކެއް ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ޑައިވަރސިފައި ކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
Our tourism industry is one that is renowned across the world. We remain a model for sustainability, visitor experience and hospitality. Now, we aim to embark on being a leader and a benchmark in Halal Tourism.
— Dr Mohamed Muizzu (@MMuizzu) June 27, 2025
I am happy to announce that the government will be designating…
އެ މަނިކުފާނު ވިދާޅުވީ އެ މަޝްރޫއާ ގުޅޭ ތަފުސީލުތައް އަންނަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން ހާމަ ކުރާނެ ކަމަށެވެ.