އދ. ގެ ނިއުކްލިއަރ ކަންކަން ބެލެހެއްޓުމުގެ އިދާރާ އަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް އީރާނުގެ ގާނޫނު ހަދާ މަޖިލިހުން ނިންމައިފި ކަމަށް އީރާނުގެ ސަރުކާރުގެ ޓީވީން ބުނެފިއެވެ.
މި ނިންމުން އީރާނުން ނިންމީ އިސްރާއީލާ އެމެރިކާ އިން ގާނޫނާ ޚިލާފަށް އީރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދީ ކުރިއަށް ގެންދިޔަ 12 ދުވަހުގެ ހަނގުރާމަ ނިމުނުކަން އައިސްފައިވާ ކަން އިއުލާނު ކުރިތާ އެއް ދުވަސް ފަހުންނެވެ.
"އީރާނުގެ ނިއުކްލިއަރ ތަންތަނަށް ދެވުނު ހަމަލާ ކުށްވެރި ކުރުމަށް އެންމެ ކުޑަމިނުން އިންކާރު ކުރި ބައިނަލް އަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން އެތަނުގެ އަގު ބައިނަލް އަޤްވާމީ ނީލަމުގައި ވިއްކާލައިފި،" އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް ވިދާޅުވި ކަމަށް ސަރުކާރުގެ ޓީވީން ބުނެފިއެވެ.
ޤާލިބާފް ވިދާޅުވީ "ނިއުކްލިއަރ ތަންތަނުގެ ރައްކައުތެރިކަން ކަށަވަރު ކުރެވެންދެން އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަނުން އައިއޭއީއޭ އާ އެކު ދެމުން އައި އެއްބާރުލުން ހުއްޓާލާނެ" ކަމަށެވެ.
މި ނިންމުން ތަންފީޒު ކުރަން ފަށާނީ އީރާނުގެ ގާޑިއަން ކައުންސިލް އިން އެޕްރޫވް ކުރުމުންނެވެ.
އީރާނުގެ ސަރުކާރު ޓީވީން ބުނާ ގޮތުގައި ޕާލަމެންޓުގައި ހިމެނޭ 290 މެމްބަރުންގެ ތެރެއިން ހާޒިރުވި މެންބަރުންގެ ތެރެއިން 221 މެންބަރުން ވޯޓުދިނީ އައިއީއޭއީ އަށް އެއްބާރުލުން ނުދޭން ފެންނަ ކަމަށެވެ. އެއް މެންބަރަކު ވޯޓު ނުދެއްވައެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.
ޖޫން 13 ގައި އިސްރާއީލުން ފެށި ބޮޑު ހަމަލާގައި އީރާނުގެ ނިއުކްލިއަރ ތަންތަނަށް ބޮން އަޅާ، އިސް އަސްކަރީ ކޮމާންޑަރުންނާއި ގިނަ އަދަދެއްގެ ނިއުކްލިއަރ ސައިންޓިސްޓުން މަރާލިއެވެ.
އާދިއްތަ ދުވަހު، އިސްރާއީލުގެ އެންމެ ބޮޑު އެކުވެރިޔާ އެމެރިކާ އިން ވެސް މީގެ ކުރިން ނުދޭ ފަދަ ހަމަލާތަކެއް ފޯރްދޯ، އިސްފަހާން އަދި ނަޠަންޒު ގައި ހުރި އީރާނުގެ ނިއުކްލިއަރ ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. އޭގެ ފަހުން އަންގާރަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވެވުނެވެ.
ބުދަ ދުވަހު އީރާނުގެ ގާނޫނު ހަދާ މަޖިލީހުގައި ވޯޓުލުމަށްފަހު، މަޖިލީހުގެ ތަޅުމުގައި "މަރު އެމެރިކާ އަށް" އަދި "މަރު އިސްރާއީލަށް" ހަރުއަޑުން މެންބަރުން ވަނީ ގޮވާފައެވެ.
#BREAKING
— Tehran Times (@TehranTimes79) June 25, 2025
Iranian MPs shout "Down with the US", "Down with Israel", after voting in favor of a bill suspending cooperation with the IAEA pic.twitter.com/72g8ITcvfC
ހަނގުރާމަ ފެށުނީއްސުރެ، އިޒްރޭލުގެ ހަމަލާތައް ކުށްވެރިނުކުރާ ކަމަށް ބުނެ އައިއީއޭއީ އަށް އީރާނުން ގެންދިޔައީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.