ކ. މާލެ
|
23 ޖޫން 2025 | ހޯމަ 16:27
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
ރަޝިޔާ އިން ބުނަނީ އެމެރިކާ އިން އީރާނަށް ދިން ހަމަލާތަކާމެދު "ވަރަށް ހިތާމަކުރާ" ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް
ރަޝިޔާ އިން ބުނަނީ މިއީ ހަނގުރާމަ އިތުރަށް ފުޅާވެ، ހަނގުރާމައިގައި ބައިވެރިވާ ފަރާތްތައް އިތުރުވެދާނެ ކަމެއް ކަމަށް

އެމެރިކާ އިން އީރާނަށް ދިން ހަމަލާތަކާ މެދު "ވަރަށް ހިތާމަކުރާ" ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ރަޝިޔާ އިން ބުނެފިއެވެ.

އެމެރިކާ އިން އީރާނުގެ ތިން ނިއުކްލިއަރ ތަނަކަށް ދިން ހަމަލާގެ ސަބަބުން މި ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު އިތުރުވެ، ކަންކަން އިތުރަށް ގޯސްވެގެން ހިގައިދާނެ ކަމަށް ކްރެމްލިން އިން ބުނެފައިވެއެވެ.

އީރާނުގެ ނިއުކްލިއަރ ތަންތަނަށް ވީ ގޮތެއް އަދި ރޭޑިއޭޝަންގެ ނުރައްކަލެއް އޮތް ކަމެއް އަދި ސާފެއް ނުވާ ކަމަށް ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ނޫސްވެރިންނަށް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަމަލާތަކުގެ ކުރިން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަށް ހަމަލާތަކާ ބެހޭ މައުލޫމާތެއް ދެއްވާފައި ނުވާ ކަމަށް ޕެސްކޮވް ވިދާޅުވިއެވެ. ނަމަވެސް އެމެރިކާގެ އަސްކަރީން ހަނގުރާމައިގައި ބައިވެރިވުމުގެ ބެހޭގޮތުން ދެ ރައީސުން ވަރަށް ޖެނެރަލް ކޮށް ވާހަކަދައްކާފައިވާ ކަމަށް ވިދާޅުވިއެވެ.

ރަޝިޔާއިން މި މައްސަލައިގައި އަމަލު ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން، ޕެސްކޮވް ވިދާޅުވީ މޮސްކޯއިން ވަނީ މެދުވެރިއެއްގެ ގޮތުގައި އެހީތެރިވުމަށް ހުށަހަޅާފައި ކަމަށާއި، ދެން ވާނެ ގޮތެއް ބިނާވެގެންދާނީ "އީރާނަށް ބޭނުންވާ އެހީއަކީ ކޮބައިތޯ" އެނގުމުން ކަމަށެވެ.

- ކޮމެންޓް