ކ. މާލެ
|
22 ޖޫން 2025 | އާދީއްތަ 18:23
 ހޯރމޫޒް ކަނޑުއޮޅީގައި ގައި އީރާނުގެ އައިއާރުޖީސީ ޕެޓްރޯލް ބޯޓުތަކުން ހަރަކާތްތެރިވަމުން ދާއިރު ހެލިކޮޕްޓަރެއް އުދުހެނީ - ޑިސެމްބަރު 2، 2028
ހޯރމޫޒް ކަނޑުއޮޅީގައި ގައި އީރާނުގެ އައިއާރުޖީސީ ޕެޓްރޯލް ބޯޓުތަކުން ހަރަކާތްތެރިވަމުން ދާއިރު ހެލިކޮޕްޓަރެއް އުދުހެނީ - ޑިސެމްބަރު 2، 2028
އޭޕީ
އިސްރާއީލް-އީރާން ހަނގުރާމަ
ހޯމޫޒް ކަނޑު އޮޅި ބަންދު ކުރަން އީރާނުގެ ޕާލިމެންޓުން ފާސް ކޮށްފި
ދުނިޔޭގައި ކުރާ ތެލުގެ ވިޔަފާރީގެ ވިހި އިންސައްތަ ދަތުރު ކުރަނީ މި ކަނޑުއޮޅި ތެރެއިން

އީރާނުގެ ޕާލިމަންޓުން ހޯމޫޒް ކަނޑުއޮޅި ބަންދު ކުރުމަށް ފާސްކޮށްފި ކަމަށް ޕްރެސް ޓީވީ އާ ހަވާލާދީ ރޮއިޓަރސް އިން ބުނެފިއެވެ.

ޕްރެސް ޓީވީ އިން ހާމަ ކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން، މި ކަމުގައި އެންމެ ފަހުގެ ނިންމުމެއް ނިންމާނީ ގައުމުގެ އެންމެ އިސް ސަލާމަތީ ބާރުތަކުންނެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ޑިމާންޑުގެ 20 އިންސައްތަ ދައުރުވާ މި ކަނޑުއޮޅި ބަންދު ކުރުމުގެ ފައިނަލް ނިންމުން އީރާނުން އަދި ނުނިންމާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް، މަޖިލިސް މެންބަރު އަދި ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރު އިސްމާޢީލް ކޮސާރީ ޔަންގް ޖާނަލިސްޓް ކްލަބަށް އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އެކަން ކުރުމަކީ އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި، "ބޭނުންވެއްޖެ ހިނދެއްގައި އެކަން ކުރެވޭނެ" ކަމަށެވެ.

ދުނިޔޭގެ ތެލުގެ 20 އިންސައްތަ ކޮންމެ ދުވަހަކު ދައުރުވާ ހޯމޫޒް ކަނޑުއޮޅި ބަންދު ކުރުމަކީ އީރާނުން އެ ގައުމުގެ ދުޝްމަނުންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށް، އީރާނުގެ ޕާލިމެންޓުގެ ނެޝަނަލް ސެކިއުރިޓީ ކޮމިޓީގެ މެންބަރު ބެހްނާމް ސަޢީދީ ބުރާސްފަތި ދުވަހު އީރާނުގެ ސެމީ-އޮފިޝަލް މެހްރް ނިއުސް އެޖެންސީއަށް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް