އިސްރާއީލްގެ އަސްކަރިއްޔާ އިން، ލުބުނާން ހިޒްބުﷲ ޖަމާއަތުގެ އަމާޒަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެފި އެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެ އަސްކަރިއްޔާ އިން ވަނީ ލުބުނާންގެ ނަޤޫރާ ސަރަހައްދުގައި ހުރި ހިޒްބުﷲ ޖަމާއަތުގެ އަމާޒަކަށް ހަމަލާ ދީފަ އެވެ.
އެގޮތުން އެ ޖަމާއަތުގެ އިންފްރާންސްޓްރަކްޗާ އަމާޒަކަށް ހަމަލާ ދީފައިވާ ކަމަށާއި، އެ ހަމަލާ ދިނީ އިސްރާއީލްގެ ކަނޑުގެ ސިފައިން ކަމަށް ވެސް ބުނެފައިވެ އެވެ.
މި ހަމަލާ ދީފައި ވަނީ އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި ބައިވެރިވުމާ ދެކޮޅަށް ހިޒްބުﷲ އަށް، އިސްރާއީލްގެ ޚާރިޖީ ވަޒީރު އިންޒާރު ދިންތާ އެއް ދުވަސް ފަހުންނެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ރޭގަނޑުގެ ވަގުތެއްގައި ލުބުނާންގެ ދެކުނުގައި ހުރި ހިޒްބުﷲ ޖަމާއަތުގެ "ރަދްވާން ފޯސް" އަށް ނިސްބަތްވާ ތަނަކަށް ހަމަލާ ދީފައިވަ ކަމަށެވެ. އަދި އެ ތަނަކީ އިސްރާއީލްގެ އާންމު ރައްޔިތުންނަށް ޓެރަރިސްޓު ހަމަލާ ދިނުމަށް ބޭނުން ކުރަމުން އަންނަ ތަނެއް ކަމަށް ވެސް އެ ޤައުމުގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.
އިސްރާއީލް އިން ހިޒްބުﷲ އަށް އަމާޒުކޮށް ދިން މި ހަމަލާއާ ގުޅިގެން، ސަރަހައްދުގައި އިތުރު ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން އިތުރު ވެގެން ދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި މި ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސް ވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ފާޅު ކުރަމުންނެވެ.