ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 11:10
އިސްރާއީލަށް އީރާނުން ދިން ވަރުގަދަ ހަމަލާ ގައި ހަލާކުވި އިމާރާތެއްގެ ކައިރީގައި އިމަޖެންސީ ޚިދުމަތުގެ އޮފިޝަލުން ހަަރަކާތްތެރި ވަނީ - ޖޫން 19، 2025
އިސްރާއީލަށް އީރާނުން ދިން ވަރުގަދަ ހަމަލާ ގައި ހަލާކުވި އިމާރާތެއްގެ ކައިރީގައި އިމަޖެންސީ ޚިދުމަތުގެ އޮފިޝަލުން ހަަރަކާތްތެރި ވަނީ - ޖޫން 19، 2025
ރޮއިޓަރސް
އިސްރާއީލް
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
އިރާނުން މި ދިން ބާރުގަދަ މިސައިލް ހަމަލާ އާ ގުޅިގެން އިސްރާއީލުން މަދުވެގެން 32 މީހުން ޒަޚަމްވި ކަމަށް ބުރާސްފަތި ދުވަހު ސަލާމަތީ ޚިދުމަތްތަކުން ބުނޭ

އިރާނުގެ މިސައިލްތަކުން އިސްރާއީލުގެ މެދު އަދި ދެކުނު ސަރަޙައްދުގެ ހަތަރު ތަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށްދާ ހަމަލާ ބަދަލު ކުރުން ތަކުގައި މިއީ މިހާތަނަށް އީރާނުން ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ހޮލޮން ގައި ހުރި އުސް އިމާރާތެއް ވެއްޓުނު ކަމަށް ރިޕޯޓުކުރެވެއެވެ.

ހަމަލާ އެއް އަމާޒުވި އިސްރާއީލުގެ ތަންތަނުގެ ތެރޭގައި ސޮރޯކާ ހޮސްޕިޓަލް ހިމެނެއެވެ. އަލް ޖަޒީރާ އިން ބުނާ ގޮތުގައި ޓާގެޓަކީ ހޮސްޕިޓަލު ނޫން ކަމަށާއި، ހަމަލާ އަމާޒު ކުރީ ހޮސްޕިޓަލާ ޖެހިގެން ހުރި އިމާރާތަކަށް ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލަށް ވެސް ހަމަލާ އެރި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހޮސްޕިޓަލަކީ މިހާރު ޣައްޒާ އާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ތެރޭގައި، ގިނަ އަދަދެއްގެ ޒަޚަމްވި އިސްރާއީލުގެ ސިފައިން ގެންދެވުނު ހޮސްޕިޓަލެވެ.

މެޑިކަލް ޓީމުތަކުން އާންމުންނަށް ގޮވާލާފައިވަނީ ހަމަލާ އަމާޒުވި ސަރަޙައްދާ ކައިރި ނުވުމަށެވެ.

ރެސްކިއު އޮފިޝަލުން ގެންދަނީ ވެއްޓިފައިވާ އިމާރާތުގެ ދަށުގައި އެއްވެސް ބަޔަކު ތާށިވެފައި ތިބިތޯ ބަލަމުންނެވެ.

އިރާނުން މި ދިން ބާރުގަދަ މިސައިލް ހަމަލާ އާ ގުޅިގެން އިސްރާއީލުން މަދުވެގެން 32 މީހުން ޒަޚަމްވި ކަމަށް ބުރާސްފަތި ދުވަހު ސަލާމަތީ ޚިދުމަތްތަކުން ބުންޏެވެ.

- ކޮމެންޓް