ކ. މާލެ
|
15 ޖޫން 2025 | އާދީއްތަ 16:39
2025 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އީރާނުން އިސްރާއީލުގެ ބަތު ޔާމް އަށް ދިން މިސައިލް ހަމަލާ ގައި ގެއްލުން ލިބިފައިވާ އިމާރާތްތައް
2025 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އީރާނުން އިސްރާއީލުގެ ބަތު ޔާމް އަށް ދިން މިސައިލް ހަމަލާ ގައި ގެއްލުން ލިބިފައިވާ އިމާރާތްތައް
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
ހައިފާގެ ތެޔޮ ހޮޅިތަކާއި ޓްރާންސްމިޝަން ލައިންތަކަށް އީރާނުގެ ހަމަލާތަކުން ބޮޑު ގެއްލުމެއް
ގެއްލުމުގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަން ތަކަށް ކުރާނެ އަސަރާއި މާލީ ނަތީޖާ ތަކަށް ކުރާނެ އަސަރު މިހާރު ގެންދަނީ ދިރާސާ ކުރަމުން ކަމަށް ބުނޭ

އިސްރާއީލުގެ އޮއިލް ރިފައިނަރަރީސް އިން ބުނެފައިވާ ގޮތުގައި، ހައިފާގައި ހުރި އެ ކުންފުނީގެ ހޮޅި ލައިންތަކާއި ޓްރާންސްމިޝަން ލައިންތަކަށް އީރާނުގެ މިސައިލް ހަމަލާތަކުން ގެއްލުން ލިބިއްޖެއެވެ.

މިކަން ހާމަވީ ތެލް އަވީވް ސްޓޮކް އެކްސްޗޭންޖަށް އެ ފަރާތުން ހުށަހަޅާފައިވާ ރެގިއުލޭޓަރީ ލިޔެ ކިޔުންތަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި، އެ ސަރަހައްދުތަކުގައި އެއްވެސް މީހަކަށް އަނިިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ބައެއް އޮޕަރޭޝަންތައް ހުއްޓާލާފައިވީ ނަމަވެސް، ތެޔޮ ސާފުކުރާ ފެސިލިޓީތައް މަސައްކަތްކުރަމުން ދެއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި، މި ގެއްލުމުގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަން ތަކަށް ކުރާނެ އަސަރާއި މާލީ ނަތީޖާތަކަށް ކުރާނެ އަސަރު މިހާރު ގެންދަނީ ދިރާސާ ކުރަމުންނެވެ.

- ކޮމެންޓް