ކ. މާލެ
|
15 ޖޫން 2025 | އާދީއްތަ 07:39
އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާއެއް ޖެހުނު އިމާރާތެއްގެ ކައިރީގައި އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑް ސިފައިން ހަރަކާތްތެރި ވަނީ
އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާއެއް ޖެހުނު އިމާރާތެއްގެ ކައިރީގައި އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑް ސިފައިން ހަރަކާތްތެރި ވަނީ
ގެޓީއިމޭޖަސް
އިސްރާއީލް-އީރާން ހަނގުރާމަ
އިސްރާއީލުގެ ފައިޓަރ ޖެޓް ތަކަށް ތެޔޮ އަޅާ ތަންތަނަށާއި ހަކަތަ ސަޕްލައި ސައިޓްތަކަށް އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުން ހަމަލާދީފި
އީރާނުން ބުނެފައިވަނީ އިސްރާއީލުގެ އުދުވާނީ ޢަމަލުތައް ދެމިގެންދާ ނަމަ އީރާނުގެ ހަމަލާތައް އިތުރަށް ވަރުގަދަވެ ކުރިއަށްދާނެ ކަމަށް

އީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފައިވަނީ އިސްރާއީލުގެ ފައިޓަރ ޖެޓްތަކަށް ތެޔޮ އަޅާ ތަންތަނަށާއި ތެލުގެ ފެސިލިޓީތަކާއި ހަކަތައިގެ ސަޕްލައި ލައިންތަކަށް ގިނަ އަދަދެއްގެ މިސައިލްތަކާއި ޑްރޯންތަކުން ހަމަލާދީފައިވާ ކަމަށެވެ.

އައި.އާރް.ޖީ.ސީގެ ސްޕޯކްސްޕަރސަން ބްރިގޭޑިއަރ ޖެނެރަލް އަލީ މުޙައްމަދު ނައީނީ ޓީވީ އަށް ދިން ބަޔާނެއްގައި ބުނީ ޒަޔަނިސްޓް ދައުލަތުގެ އުދުވާނީ ހަމަލާތަކަށް ޖަވާބު ދިނުމުގެ ގޮތުން 'ޓްރޫ ޕްރޮމިސް III' ގެ ދަށުން ކުރިއަށްދާ އޮޕަރޭޝަންތަކުގައި އިސްރާއީލުގެ ތެލުގެ އުފެއްދުންތެރިކަމުގެ ފެސިލިޓީތަކާއި ހަކަތައިގެ ސަޕްލައި މަރުކަޒުތަކަށް ގިނަ އަދަދެއްގެ ޑްރޯންތަކާއި މިސައިލްތަކުން ހަމަލާދީފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އުދުވާނީ ޢަމަލުތައް ދެމިގެންދާނަމަ އީރާނުގެ ހަމަލާތައް އިތުރަށް ވަރުގަދަވެ ކުރިއަށްދާނެ ކަމަށެވެ.

އައި.އާރް.ޖީ.ސީގެ ސްޕޯކްސްޕަރސަން ފާހަގަ ކުރި ގޮތުގައި ޤައުމުގެ ގުޅިފައިވާ ކޮމާންޑް ނެޓްވޯކާއި ޖޮއިންޓް އެއަރ ޑ ޑިފެންސް ހެޑްކުއާޓަރސްގެ ދަށުން ހިންގަމުންދާ އައި.އާރް.ޖީ.ސީގެ އެއަރޯސްޕޭސް ޑިފެންސް ސިސްޓަމުން އިސްރާއީލުގެ ގިނަ ހަމަލާ ތަކެއް "ކާމިޔާބުކަމާއެކު އިންޓަރސެޕްޓްކޮށް ނައްތާލާފައިވާ" ކަމަށެވެ. އެގޮތުން އިސްރާއީލުގެ 3 ކްރޫޒް މިސައިލް އާއި، 10 ޑްރޯން އާއި، އަދި ޑަޒަނުން ގުނާލެވޭ މިންވަރަށް ދުޝްމަނުންގެ މިނީ-ޑްރޯންތައް ނައްތާލެވުނު ކަމަށް އޭނާ ހާމަ ކުރިއެވެ.

ހޮނިހިރު ދުވަހުގެ ރޭ، އައި.އާރް.ޖީ.ސީ އިން ޒަޔަނިސްޓް ދައުލަތައް އައު ބުރެއްގެ މިސައިލްތަކާއި ޑްރޯންތަކުގެ ހަމަލާތައް ދީފައިވެއެވެ. މިއީ ހުކުރު ދުވަހު ފެށުނު "ޓްރޫ ޕްރޮމިސް III" ގެ ބަދަލުހިފުމުގެ އޮޕަރޭޝަންގެ ފުރަތަމަ ފިޔަވަހީގެ ފަހުން ދިން ވަރުގަދަ ހަމަލާތަކެކެވެ.

މި ބޮޑު ސްކޭލްގެ އަސްކަރީ އޮޕަރޭޝަންގެ އައު މަރުހަލާ ފެށުނީ ހޮނިހިރު ދުވަހުގެ ރޭ އީރާނު ގަޑިން 11:45 ގެ ހިސާބުގައެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯތަކުން ދައްކައިދިނީ މިސައިލްތައް އިސްރާއީލުގެ އަމާޒުތަކަށް ޖެހެމުންދާ މަންޒަރެވެ.

- ކޮމެންޓް