އީރާނުގެ ދައުލަތުގެ ޓީވީން އިޢުލާނުކުރި ގޮތުގައި، އެ ޤައުމުން ހޮނިހިރު ދުވަހުގެ ރޭ އިސްރާއީލަށް އަމާޒުކޮށް "ޓްރޫ ޕްރޮމިސް އޮޕަރޭޝަން ތްރީ" ގެ ދެވަނަ ބުރު ފަށައިފިއެވެ.
ދައުލަތުގެ ޓީވީން ބުނި ގޮތުގައި މިފަހަރުގެ ހަމަލާގައި ހިމެނެނީ ޑްރޯންތަކާއި "100 އަށްވުރެ ގިނަ" މިސައިލްތަކެވެ. އަދި މި ހަމަލާގެ މައިގަނޑު އަމާޒަކީ ހައިފާ އާއި ތެލް އަވީވްއެވެ.
"މި ހަމަލާއިން އެ ސަރަހައްދުގެ ރައްޔިތުންގެ ނިދި ނަގާލާނެ" ކަމަށް ދައުލަތުގެ ޓީވީން ބުންޏެވެ.
އިސްރާއީލްގެ ފަޔަރ އެންޑް ރެސްކިއުއިން ބުނާ ގޮތުގައި އެ ޤައުމުގެ އުތުރާއި އައްސޭރި ފަށުގެ ސަރަހައްދުތަކުގައި އެކި ހާދިސާތަކަށް ހިނގާފައިވެއެވެ.
#BREAKING
— Tehran Times (@TehranTimes79) June 14, 2025
Direct hits on refineries/facilities in Haifa. Fires break out following strikes. pic.twitter.com/Q2DqM7Wf9L
އިސްރާއީލުން ބުނެފައިވަނީ، އީރާނުން ދިން އައު މިސައިލް ހަމަލާގެ ސަބަބުން، އެ ޤައުމުގެ އައްސޭރި ފަށުގެ އަދި އުތުރު ސަރަޙައްދުތަކުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް ހަމަލާ އަމާޒުވެ، އަލިފާން ރޯވެފައިވާ ކަމަށެވެ.
އިސްރާއީލު ފުލުހުން ބުނެފައިވަނީ އުތުރު ސަރަޙައްދުގެ އާބާދީއެއްގެ ތެރެއަށް ގޮވާ އެއްޗެއް ވެއްޓިފައިވާކަމުގެ ރިޕޯޓުތަކެއް ލިބިފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފުރަތަމަ ލިބުނު ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ސަރަޙައްދުގައި އެތައް ބަޔަކަށް ގެއްލުން ލިބި އަދި އިމާރާތްތަކަށް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.