ކ. މާލެ
|
15 ޖޫން 2025 | އާދީއްތަ 00:21
އީރާނުގެ އިސްލާމީ އިންގިލާބީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ސްޕީޑް ބޯޓެއް އައިއާރުޖީސީގެ މެރިން ޕެރޭޑްގެ ތެރޭގައި ޕާޝިއަން ގަލްފްގައި ދަތުރުކުރަމުން ދަނީ
އީރާނުގެ އިސްލާމީ އިންގިލާބީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ސްޕީޑް ބޯޓެއް އައިއާރުޖީސީގެ މެރިން ޕެރޭޑްގެ ތެރޭގައި ޕާޝިއަން ގަލްފްގައި ދަތުރުކުރަމުން ދަނީ
ގެޓީއިމޭޖަސް
އިސްރާއީލް-އީރާން ހަނގުރާމަ
ގަލްފް އޮފް ހޯމުޒް ބަންދުކުރުމާ މެދު އީރާނުން ވަރަށް ސީރިއަސް ކޮށް ވިސްނަނީ
ދުނިޔޭގައި ބޭނުން ކުރާ ޖުމްލަ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރު ކުރަނީ މި ކަނޑުއޮޅިން

އީރާނުގެ ޕާލިމެންޓުގެ ސެކިއުރިޓީ ކޮމިޝަނުގެ މެންބަރެއް ކަމުގައިވާ އިސްމާއިލް ކޮސާރީ ދެއްކި ވާހަކަތަކަށް ހަވާލާދީ އައި.އާރް.އައި.އެން.އެން އިން ރިޕޯޓުކުރި ގޮތުގައި، ދުނިޔޭގެ ތެޔޮ އުފުލުމަށް ބޭނުން ކުރާ އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމުގައި ގަލްފް އޮފް ހޯމުޒް ބަންދުކުރުމާ މެދު އީރާނުން ވަރަށް ސީރިއަސްކޮށް ގެންދަނީ ވިސްނަމުންނެވެ.

މި ކަނޑުއޮޅި އޮންނަނީ އޮމާނާއި އީރާނާ ދެމެދުގައެވެ. އަދި މި ކަނޑުއޮޅިން އުތުރުގައިވާ ޕާރޝިއަން ގަލްފާއި ދެކުނުގައިވާ އޮމާން ގަލްފާއި އޭގެ އަނެއްކޮޅުގައިވާ އަރަބި ކަނޑު ގުޅުވައިދެއެވެ.

މި ކަނޑުއޮޅީގެ އެންމެ ހަނި ހިސާބުގައި 21 މޭލު (33 ކިލޯމީޓަރު) ފުޅާމިނުގައި އޮވެއެވެ. އަދި އުޅަނދުފަހަރު ދަތުރުކުރާ މަގު ކޮންމެ ދިމާލަކަށްވެސް އޮންނަނީ 2 މޭލު (3 ކިލޯމީޓަރު) ފުޅާމިނުގައެވެ.

ދުނިޔޭގައި ބޭނުން ކުރާ ޖުމްލަ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރު ކުރަނީ މި ކަނޑުއޮޅިންނެވެ. އެއީ ގާތްގަނޑަކަށް ދުވާލަކު 20 މިލިއަން ފީފާ ތެޔޮ، ކޮންޑެންސޭޓް އަދި ފިއުލްއެވެ.

- ކޮމެންޓް