ކ. މާލެ
|
14 ޖޫން 2025 | ހޮނިހިރު 12:43
އީރާންގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ
އީރާންގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
އިސްރާއީލަށް ދިރި ހުރުމަށް ދަތި ކުރާނަން: ޚާމަނާއީ 
އޭގެ ކުރިން ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބެއްގައި ޚާމަނާއީ ވިދާޅުވެފައި ވަނީ، އީރާންގެ ހަތިޔާރު އެޅި ބާރުތަކުން، ޔަހޫދީ ދައުލަތުގެ ވެރިކަން ކުޑަ ކަކޫ މައްޗަށް ތިރިކޮށް، "ކަށްވަޅަށް" ލާނެ ކަމަށެވެ.

އީރާންގެ ނިއުކްލިއާ ފެސިލީޓަކަށް އަމާޒުކޮށް އިސްރާއީލް ދިން ހަމަލާތަކާ ގުޅިގެން، އިސްރާއީލަށް ދިރިހުރުމަށް ދަތި ކުރާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ޚަމަނާއީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އީރާނަކީ އެއްވެސް ޙާލަތެއްގައި އިސްވެ ހަނގުރާމަ ފަށާނެ ޤައުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް ފަރާތަކުން ނުރަނޅު އަމަލެއް ހިންގައިފި ނަަމަ، އެކަމަށް ވަރުގަދަ ޖަވާބު ތަކެއް އީރާނުން ދޭނެ ކަމަށް ވެސް ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ.

އިސްރާއީލްގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދީފައިވާ ހަމަލާތަކުގެ މަންޒަރުތައް ވެސް އެ ބަޔާނުގައި ވަނީ ދައްކައިފަ އެވެ. އޭގެ ކުރިން ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބެއްގައި ޚާމަނާއީ ވިދާޅުވެފައި ވަނީ، އީރާންގެ ހަތިޔާރު އެޅި ބާރުތަކުން، ޔަހޫދީ ދައުލަތުގެ ވެރިކަން ކުޑަ ކަކޫ މައްޗަށް ތިރިކޮށް، "ކަށްވަޅަށް" ލާނެ ކަމަށެވެ. އަދި ދާދި އަވަހަށް އިސްރާއީލް ނިކަމެތިވެ ބަލި ކަށި ވެދާނެ ކަމަށް ވެސް ޚާމަނާއީ ވިދާޅުވި އެވެ. 

އިސްރާއީލް އިން ދިން ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ ތިން ކޮމާންޑަރަކު ވަނީ ޝަހީދުވެފަ އެވެ. އީރާނުގެ ހަތިޔާރު އެޅި ބާރުތަކުގެ ޗީފްސް އޮފް ސްޓާފުގެ ޗެއާމަން މޭޖަރ ޖެނެރަލް މުހައްމަދު ބާޤެރީ އާއި، އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރުޖީސީ) ގެ އެންމެ މަތީ ކޮމާންޑަރު މޭޖަރ ޖެނެރަލް ހުސައިން ސަލާމީ، އަދި ޚާތަމުލް އަންބިޔާ ހެޑްކުއާޓާސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ޣުލާމް ޢަލީ ރަޝީދީ ވަނީ ޝަހީދުކޮށްލައިފަ އެވެ.

މި ހަމަލާތަކަށް ބަދަލު ހިފާނެ ކަމަށް ބުނެ އީރާނުން ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކަށް ގުޅިގެން އިސްރާއީލްގެ ވެރި ރަށް ތެލް އަވީވްގައި ސައިރަން އަޅާފައިވާއިރު، ރައްކާތެރިކަން ހޯދުމަށް ބިންގަރާސްތަކަށް ވަންނަން ވަނީ މަޖުބޫރުވެފަ އެވެ.

- ކޮމެންޓް