ހުކުރު ދުވަހުގެ ރޭ އިސްރާއީލާ ދިމާއަށް އިރާނުން ދޫކޮށްލި ގިނަ އަދަދެއްގެ މިސައިލްތައް ވައްޓާލުމަށް އެމެރިކާ ސިފައިން އިސްރާއީލަށް އެހީތެރިވެދިން ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި ކަމަށް އަލް އަރަބިއްޔާ އިން ބުނެފިއެވެ.
އޮފިޝަލުން މި އޮޕަރޭޝަންތަކުގައި ބޭނުން ކުރެވުނު ސިފައިންގެ އާލާތްތަކުގެ ބާވަތްތަކާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ދީފައި ނުވި ނަމަވެސް، އިރާނުގެ ރައްދު އަންނާނެ ކަމަށް ލަފާކުރެވޭތީ، އެމެރިކާގެ އޮފިޝަލެއް ކުރިން އަލް އަރަބިއްޔާ އަށް ބުނެފައިވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ޑިސްޓްރޯޔަރ ފަދަ މުހިންމު އަސްކަރީ އާލާތްތައް އިސްރާއީލާ ކައިރިއަށް ބަދަލުކުރަން ފަށާފައިވާ ކަމަށެވެ.