އިސްރާއީލުގެ ހަމަލާތަކަކަށް ފަހު، އިރާނުން ބަދަލު ހިފުމުގެ އޮޕަރޭޝަން ފަށައިފިއެވެ.
އެގޮތުން، އިސްރާއީލުން ހިފާފައިވާ ސަރަޙައްދުތަކާ ދިމާއަށް މިސައިލްތަކުގެ ވާރޭ ވެއްސުމާއެކު، އެތަނުގައި ދިރިއުޅޭ ޣައިރު ޤާނޫނީ އިސްރާއީލުގެ ރަށްވެހިން ސަލާމަތީ މަރުކަޒުތަކަށް ވަދެއްޖެއެވެ.
މި އޮޕަރޭޝަން ފެށުނީ އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ޓީވީ މެދުވެރިކޮށް ދެއްވި މެސެޖަކަށް ފަހުގައެވެ.
BREAKING Tel Aviv hit by Iranian missiles few minutes ago pic.twitter.com/mNsicpXgEo
— AIRLIVE (@airlivenet) June 13, 2025
އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ހުުކުރު ދުވަހުގެ ރޭ އީރާނުން އިސްރާއީލާ ދިމާއަށް މިސައިލްތަކެއް ދޫކޮށްލައިފިކަމަށެވެ. އަދި އެ ނުރައްކަލުން ސަލާމަތްވުމަށް އެމީހުންގެ ވައިގެ ދިފާޢީ ނިޒާމުތައް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިތުރު އެންގުމެއް އަންގަންދެން ޢާންމު ރައްޔިތުން ޝެލްޓަރުތަކަށް ވަންނަން އަންގާފައިވާ ކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން މިސައިލް ހަމަލާތައް ދެމުންދާއިރު، އިސްރާއީލުގެ އެކި ސަރަޙައްދުތަކުގައި ސައިރަން އަޑު އިވެމުން ދަނިކޮށް ތެލް އަވީވުގައި ގޮވުންތަކެއް ގެ އަޑު އިވިފައިވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވެއެވެ.
އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްﷲ ޢަލީ ޚާމަނާއީ ވަނީ އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އެއީ އީރާނަށް ހަމަލާދީ، އެތައް އިސް އަސްކަރީ ވެރިންނަކާއި 6 ނިއުކްލިއަރ ސައިންޓިސްޓުން މަރާލުމުގެ "ކުށް" ކުރުމާ ގުޅިގެން "ގަދަފަދަ އަދަބެއް" ލިބޭނެ ކަމަށް އިޒްރޭލުން އުންމީދު ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ އަސްކަރީ ރޭޑިއޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިވަގުތު ގަލީލީ ސަރަޙައްދުގައި އެއަރ ރެއިޑް ސައިރަންތައް އަޑުގަދަކޮށް އިވެމުންދެއެވެ.
ރޮއިޓަރސް ނިއުސް އެޖެންސީން ރިޕޯޓުކުރާ ގޮތުގައި ޖެރޫސަލަމްގައި ގިނަ އަދަދެއްގެ ގޮވުންތަކެއްގެ އަޑުތައް އިވިފައިވެއެވެ.
ތެލް އަވީވުގެ މެދުތެރޭގައި ހުރި މޮޑަން އެޕާޓްމަންޓް ބްލޮކަކަށް ހަމަލާ އެއް ވަނީ އަރާފައެވެ. އަދި ހާދިސާ ހިނގި ތަނުން ލައިވް ފޫޓޭޖުތަކުން ދައްކާގޮތުގައި، ބައެއް އެޕާޓްމަންޓްތަކުގައި އަލިފާން ރޯވަމުންދާކަމާއި، އިމާރާތުން ދުން އަރަމުންންދާ މަންޒަރު ފެންނަން ހުއްޓެވެ.
އެޕާޓްމަންޓް ބްލޮކާ އިންވެގެން ހުރި އަނެއް ރެސިޑެންޝަލް އިމާރާތަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މި އިމާރާތުގެ ކުޑަދޮރުތައް ތަޅައިގެން ގޮސް، އިމާރާތުގެ ދަނގަޑުތައް ލެބި ބޭރަށް ނުކުމެފައި ހުރި މަންޒަރު ފެނެއެވެ.
އިމަޖެންސީ ޚިދުމަތްތައް އެ ސަރަހައްދުގައި ވަނީ ޤާއިމުކުރެވިފައެވެ. އަދި އިމާރާތް ވަށައިގެންވާ މަގުތައް ވަނީ އާންމުންނަށް ބަންދުކުރެވިފައެވެ. އަދި އާންމުންނަށް ވަނީ ޝެލްޓަރތަކުގައި ތިބުމަށް އިރުޝާދު ދެވިފައެވެ.
Israel is under attack right now.!
— Greg Laurie (@greglaurie) June 13, 2025
Dozens of ballistic missiles are being launched from Iran toward Israel at this very moment. This footage was just taken, showing missiles fired toward Tel Aviv—a major population center in the Jewish homeland. Jerusalem may also be targeted.… pic.twitter.com/Ts3JChPwj1
އީރާނުގެ އިސް އޮފިޝަލަކު ރޮއިޓަރސް އަށް ބުނެފައިވާ ގޮތުގައި "އިސްރާއީލުގެ އެއްވެސް ތަނެއް ރައްކާތެރިއެއް ނުވާނެއެވެ. އީރާނުން ބަދަލުހިފުން ވާނީ ވޭންދެނިވި ގޮތަކަށެވެ."
އެ އޮފިޝަލް އެ ނިއުސް އެޖެންސީ އަށް ބުނެފައިވާ ގޮތުގައި އީރާނުގެ "ކޮމާންޑަރުންނާއި، ސައިންޓިސްޓުންނާއި، އާންމު ރައްޔިތުން މެރުމުގެ ސަބަބުން އިސްރާއީލުން ބޮޑު އަގެއް ދައްކަން ޖެހޭނެއެވެ."
އީރާނުން ދިން ހަމަލާތަކާ ބެހޭ ގޮތުން އިސްރާއީލުގެ ނޫހެއް ކަމުގައިވާ ހާރެޓްޒް އިން، ކުއްލި ނުރައްކަލުގެ ޚިދުމަތްތަކާ ހަވާލާ ދެމުން ބުނެފައިވަނީ، އިސްރާއީލުގެ މެދުތެރޭ ސަރަޙައްދުގައި 15 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް މެދުމިންވަރެއްގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
ހަމަލާތަކާ ބެހޭ ގޮތުން އިސްލާމިކް ރެވޮލިއުޝަނަރީ ގާޑުން ބަޔާނެއް ވަނީ ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ފަރާތުން އިސްރާއީލުގައި ހުރި "އެތައް ތަނަކަށް، އަސްކަރީ މަރުކަޒުތަކާއި ވައިގެ ބަނދަރުތަކަށް" ހަމަލާ ދީފައިވާ ކަމަށެވެ.
ބަޔާނުގައިވާ ގޮތުން، އީރާނުން މި އޮޕަރޭޝަނަށް ކިޔަނީ "ޓްރޫ ޕްރޮމިސް 3" އެވެ.