ކ. މާލެ
|
13 ޖޫން 2025 | ހުކުރު 18:14
އިސްރާއީލުގެ މީޑިއާތަކުން ޝާއިއުކުރި ތަސްވީރެއްގައި ފެންނަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މަތިންދާބޯޓު، ޖެޓުތަކަކުން އެސްކޯޓު ކޮށްގެން ގޮތް ނޭނގޭ ތަނަކަށް ގެންދާ މަންޒަރެވެ.
އިސްރާއީލުގެ މީޑިއާތަކުން ޝާއިއުކުރި ތަސްވީރެއްގައި ފެންނަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މަތިންދާބޯޓު، ޖެޓުތަކަކުން އެސްކޯޓު ކޮށްގެން ގޮތް ނޭނގޭ ތަނަކަށް ގެންދާ މަންޒަރެވެ.
ސްކްރީން އިމޭޖް
އިސްރާއީލް-އީރާން ހަމަނުޖެހުން
އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ "ގޮތް ނޭނގޭ ތާކަށް" ގެންގޮސްފި
އިސްރާއީލުގެ ޗެނަލް 12 އިން ބުނެފައިވަނީ ނަތަންޔާހޫގެ މަތިންދާބޯޓު ގްރީސްގެ ވެރިރަށް އެތެންސްގައި ޖައްސާފައިވާ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނާ ދެކޮޅަށް ދިން ހަމަލާތަކަށް ފަހު، "ގޮތް ނޭނގޭ ތަނަކަށް" ގެންގޮސްފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ.

މީޑިއާ ރިޕޯޓުގައި ލަފާ ކުރާ ގޮތުގައި އޭނާ ގެންދިއުން އެކަށީގެން ވަނީ ގްރީސް އަށެވެ.

އިސްރާއީލުގެ މީޑިއާތަކުން ވަނީ ނަތަންޔާހޫގެ މަތިންދާބޯޓު، ދެ ހަނގުރާމަ މަތީ ޖެޓު އެސްކޯޓު ކުރަމުން، ނޭނގޭ ތަނަކަށް ދަތުރު ކުރަމުންދާ މަންޒަރު ޝާއިއު ކޮށްފައެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ފަހުން ބުނެފައިވަނީ އެ މަތިންދާބޯޓު ގްރީސްގެ ވެރިރަށް އެތެންސްގައި ޖައްސާފައިވާ ކަމަށެވެ.

އިސްރާއީލުގެ ސަރުކާރުން ހުކުރު ދުވަހުގެ ރޭ އީރާނުގެ ވެރިރަށް ތެހެރާނާއި އެ ސިޓީގެ ކައިރި ސަރަހައްދުތަކާއި އެހެނިހެން އީރާނުގެ ސިޓީތަކަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭން ފަށާފައިވެއެވެ.

އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ޗީފްސް އޮފް ސްޓާފުގެ ޗެއަރމަން މޭޖަރ ޖެނެރަލް މުހައްމަދު ބާޤެރީ އާއި އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރުޖީސީ) ގެ އެންމެ މަތީ ކޮމާންޑަރު މޭޖަރ ޖެނެރަލް ހުސައިން ސަލާމީ، އަދި ޚާތަމުލް އަންބިޔާ ހެޑްކުއާޓަރސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ޣުލާމް ޢަލީ ރަޝީދީ ހިމެނޭ ގޮތަށް އަސްކަރީ އެންމެ އިސް ވެރިންނަށް އަމާޒު ކޮށްގެން ދިން ހަމަލާތަކުގައި އެ ފަރާތްތައް ވަނީ އިސްރާއީލުން އަވަހާރަކޮށްލާފައެވެ.

އީރާނުގެ ހަތިޔާރުއެޅި ބާރުތަކުން އިރާނުގެ ހަމަލާ އަށް ބަދަލު ހިފުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް