ކ. މާލެ
|
9 ޖޫން 2025 | ހޯމަ 13:58
ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތެއްގެ ތެރެއިން
ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތެއްގެ ތެރެއިން
މިނިސްޓްރީ އޮފް ޖެންޑާ
ފަށާ މަދަދު ލޯނު
ފަށާ މަދަދު ލޯނުގެ ދެވަނަ ފިޔަވަހީ މިމަހުގެ 15 ގައި ހުޅުވާލަނީ
މި ލޯން ސްކީމްގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 5 ފިޔަވައްސަކަށް ބަހާލެވިގެން
މިއީ އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ސްޓާޓްއަޕް ލޯން ސްކީމެއް
މި ލޯނުގައި ރިބާ ހިމެނޭ، ނަމަވެސް ރައީސް ވައުދުވެވަޑައިގެންނެވީ ރިބާ ނުހިމެނޭ ލޯނުތައް ތައާރަފް ކުރައްވާނެ ކަމަށް

ފަށާ މަދަދު ލޯނުގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން 15 ޖޫން 2025 ގައި ހުޅުވާލާނެ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ސްޓާޓްއަޕް ލޯން ސްކީމް، ފަށާ މަދަދު ލޯނުގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން 15 ޖޫން 2025 ގައި ހުޅުވާލާނެ ކަމަށެވެ.

ޖުމްލަ 100 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯން ސްކީމްގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 5 ފިޔަވައްސަކަށް ބަހާލެވިގެންނެވެ. އެގޮތުން ކޮންމެ ފިޔަވައްސެއްގައި 20 މިލިއަން ރުފިޔާ ދޫކުރެވިގެންދާނެ ކަމަށާއި، މިލޯން ސްކީމްގެ %25 ޚާއްސަ ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފަށާ މަދަދު ލޯނު ދެ ވަނަ ފަހަރަށް ހުޅުވާލުމަށް ތައްޔާރުވަމުންދާއިރު، މިދިޔަ އަހަރު 60 މީހަކަށް ލޯނު ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ބުނެފައިވެއެވެ.

މިއީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ލޯން ސްކީމެކެވެ.

ރިބާ ހިމެނޭ މި ލޯނު ސްކީމްގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ނެގޭނެއެވެ.

އެސްޑީއެފްސީން މައުލޫމާތުދޭ ގޮތުގައި، ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 7 އަހަރު ދުވަހަށް ބަހާލެވޭނެއެވެ.

ރިބާ އަކީ ހަރާމް އެއްޗެއްކަން، ގުރުއާނާއި ސުންނަތުން އަދި އިޖްމާއުން ސާބިތުވެއެވެ. އެހެންކަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރިއަށް ގެންދިޔަ ރިޔާސީ ކެންޕޭންގެ ތެރޭގައި ރިބާ ނުހިމެނޭ ލޯނު ސްކީމްތައް ތައާރަފް ކުރާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް ސަރުކާރަށް ދޮޅު އަހަރުވެގެންދާއިރު، މިފަދަ ލޯނު ސްކީމެއް ތައާރަފް ކޮށްފައިނުވެއެވެ.

- ކޮމެންޓް