ކ. މާލެ
|
7 ޖޫން 2025 | ހޮނިހިރު 18:10
އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން
އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން
އެމްއެމްޕީއާރްސީ
އެއް މިލިއަން ވަނަ ފަތުރުވެރިޔާ
އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ، ރެކޯޑު ހެދީ އިންޑިއާ ފަތުރުވެރިއެއް
އިންޑިއާގެ ފަތުރުވެރިޔާ ރާއްޖެއައީ މަލަހިނި ކުޑަ ބަނޑޮސްގައި ހަނީމޫން ހޭދަ ކުރަން، މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފިއެވެ.

މި އަހަރުގެ 1 މިލިއަން ވަނައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިޔަކީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގްއެވެ. ކާޖަލް ސިންގް ހޮނިހިރު ދުވަހު ރާއްޖެ އައިސްފައިވަނީ އިންޑިގޯގެ ފްލައިޓް 6E 1131 ގައި މެންދުރު 12:55 ގައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބުނި ގޮތުގައި އިންޑިއާގެ ފަތުރުވެރިޔާ ރާއްޖެއައީ މަލަހިނި ކުޑަ ބަނޑޮސްގައި ހަނީމޫން ހޭދަ ކުރަން ކަމަށާއި މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގައި ވެސް، ފަތުރުވެރިންގެ އަދަދު އެއް އަހަރު ތެރޭ އެންމެ އަވަހަށް މިލިއަނަކަށް އެރި ފުރަތަމަ ފަހަރެވެ. މިކަން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓް އަލްފާޝިލް ތޯރިޤް އިބްރާހީމް ވަނީ ބައިވެރިވެ ވަޑައިގެން ފަތުރުވެރިޔާއަށް މަރުހަބާ ދަންނަވާފައެވެ.

އެ ރަސްމިއްޔާތުގެ ތެރެއިން، ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، މިލިއަން ވަނަ ފަތުރުވެރިޔާއަށް ވަނީ ގަހެއް އިންދުމަށް ދައުވަތު ދީފައެވެ. އަދި އެދައުވަތު ގަބޫލުކޮށް އެ ފަތުރުވެރިޔާ ވަނީ ހުޅުލޭގައި ގަހެއް އިންދާފައެވެ.

- ކޮމެންޓް