ކ. މާލެ
|
6 ޖޫން 2025 | ހުކުރު 17:40
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ މި ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުރެއްވި ހަމަ އެކަނި ކަމަކީ ބާރުތައް ރައީސް މުއިއްޒުގެ މުށުތެރެއަށް ލެއްވުން ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ މި ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުރެއްވި ހަމަ އެކަނި ކަމަކީ ބާރުތައް ރައީސް މުއިއްޒުގެ މުށުތެރެއަށް ލެއްވުން ކަމަށް
ރާއްޖެއެމްވީ
ޞިއްޙީ ޚިދުމަތް
ދޮޅު އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ކުރެއްވި ހަމަ އެކަނި ކަމަކީ ބާރުތައް ނަގައި މުށުތެރެއަށް ލެއްވުން: ވަޙީދު
މި ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ފެނިގެން ދިއައީ ރައީސް މުއިއްޒުގެ ބަހާއި އަމަލާދިމާ ނުވާ މަންޒަރު، އެކަމުގެ ނުތަނަވަސްކަމުގައި ރައްޔިތުންގެ ކިބައިން މިހާރު ފެނިގެން ދަނީ އިންތިހާއަށް ރުޅިގަދަވެފައިވާ މަންޒަރު

މި ސަރުކާރަށް ދޮޅު އަހަރު ވެގެން ދިއައިރުގައި ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި ކުރެވުނު ހަމަ އެކަނި ކަމަކީ ބޭނުންވާ ހުރިހާ ބާރުތަކެއް ނަގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މުށުތެރެއަށް ލެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ މި ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ފެނިގެން ދިއައީ ރައީސް މުއިއްޒުގެ ބަހާއި އަމަލާދިމާ ނުވާ މަންޒަރުކަމަށާއި އެކަމުގެ ނުތަނަވަސްކަމުގައި ރައްޔިތުންގެ ކިބައިން މިހާރު ފެނިގެން ދަނީ އިންތިހާއަށް ރުޅިގަދަވެފައިވާ މަންޒަރު ކަމަށެވެ.

ވަހީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ވަރަށް ގިނަ ބޮޑެތި ވައުދުތަކެއް ވެވަޑައިގެން ކަމަށާއި ނަމަވެސް އޭގެ އެއްވެސް ވައުދެއް ވެވަޑައިގަތް ގޮތަށް މި ވޭތުވެ ދިއަ ދޮޅު އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ފުއްދަވާފައި ނުވާކަމަށެވެ.

ވަހީދު ވިދާޅުވީ މި ވެރިކަމަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުރެއްވި ހަމަ އެކަނި ކަމަކީ ރައީސް މުއިއްޒަށް ބޭނުންވާނެ ހުރިހާ ބާރުތަކެއް ނަންގަވައި އަމިއްލަ މުށުތެރެއަށް ލެއްވުމަށް މަސައްކަތް ކުރެއްވި މަންޒަރުކަމަށެވެ. އަދި އެގޮތުން ދިވެހި ރައްޔިތުންނާއި ގުޅުން ހުރި ކޮންމެ ކަމެއްގައި ރައީސް މުއިއްޒު ކަންތައް ކުރައްވާފައި ހުންނެވީ، އަދި ކުރައްވަމުން ގެންދަވަނީ އެކަމަކާއި މުޅިން ޚިލާފަށް ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ލިބެމުން ދިއަ އަސާސީ މުހިންމު ޚިދުމަތްތައް ވެސް މިހާރު ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން އުފުލަން ޖެހިފައިވާ ތަކުލީފުތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ވަރަށް ކުދިކުދި ކަންތަކުގައި ވެސް އެތައް ޚަރަދެއް ކޮށްގެން ކައިރީ ޖެހިގެން އޮން އެހެން ރަށަކަށް ނުވަތަ މާލެއަށް ޚިދުމަތްތައް ހޯދަން ރައްޔިތުން ދާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދަޅުވީ ރާއްޖޭގެ ރަށްރަށުގައި ވެސް އަދި މާލޭގެ ހޮސްޕިޓަލް ތަކުގައި ވެސް މިހާރު ޑޮކްޓަރުން ހަމަ ނޫން ކަމަށާއި އަދި ހޮސްޕިޓަލުތަކުގެ ލެބޯޓަރީ ތަކުގައި ބޭނުންކުރާ ސާމާނު ވެސް ހަމަނޫން ކަމަށެވެ. މީގެ އިތުރުން މީގެ ކުރިން އާސަންދައިން ހަމަޖައްސައިދެމުން އައި ދަތުރުތައް ވެސް މިއަދު ހަމަޖައްސައި ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި މިފަދަ ދަތިތައް ދިވެހި ރައްޔިތުން ތަހައްމަލް ކުރަމުން ގެންދާތީ އެ ހުރިހާކަމެއް ވެސް އަންނަ އަހަރު އެ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން އަންނަ ކަމަށް ވަހީ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ކޮންކަހަލަ މެސެޖެއްތޯ މި ދެނީ..؟ ސިއްޚީ ނިޒާމް ރަނގަޅުކުރަން އަދި އެމަނިކުފާނު ފައްޓަވަނީ ވެސް އަންނަ އަހަރު. އެހެންކަމުން މިފެނިގެން ދަނީ މި ނާގާބިލް ސަރުކާރުގެ ކަންކަން އިންތިޒާމުވެގެން ކަންކަން ހިންގާ ގޮތް. އެހެން ކަމުން ދިވެހިރާއްޖޭގެ ސިއްޚީ ނިޒާމް ބޮއްސުންލައިގެން، އެ ނިޒާމާއި މެދު ރައްޔިތުން ކަންބޮޑުވެ، ނުތަނަސްކަން ބޮޑުވެގެން ދިޔާމަ، ރާއްޖޭން ބޭރުން ބޭސް ގަންނަ ވާހަކަ ދައްކަވައިފި އިނގޭތޯ. އާސަންދަ ބެންކޮކުންނާއި ދުބާއީން ލިބިވަޑައިގަންނަވާނެ ކަމުގެ ވައުދުވެވަޑައިގެންފި އިންގޭތޯ..؟

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

ވަހީދު ވިދަޅުވީ ރައީސް މުއިއްޒުގެ މިފަދަ ކަންކަމުން ފެނިގެން ދަނީ ދެކޮޅު ނުޖެހޭ ސިޔާސަތުތަކެއް ކަމަށާއި ރައީސް މުއިއްޒު ކަމަކަށް ވައުދެއްވެވަޑައިގެންފި ނަމަ އަމަލުކުރައްވަނީ އެ ވައުދަކާއި ދިމާ އިދިކޮޅަށް ކަމަށެވެ.

ވަހީދު ވިދާޅުވީ ރައީސް މުއިއްޒު މިހާރު ކުރައްވަމުން އެގެންދަވަނީ ހޮސްޕިޓަކުތަކަށް އެނދުތަކެއް އިތުރުކޮށް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ވިދާޅުވެ ތަންތަން ހުޅުވުމުގެ މަސައްކަތް ކަމަށެވެ.

އެހެން ނަމަވެސް މިއަދު ދިވެހި ރައްޔިތުންނަށް އޮޅުވާނުލެވޭނޭ ކަމަށާއި ރައީސް މުއިއްޒުގެ އެ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ދަށުން ކުރައްވަން ވިދާޅުވާ ކަންކަން އެއީ ނުވާނޭ ކަންކަން ކަމަށް މިއަދު ދިވެހި ރައްޔިތުން ގަބޫލުކުރައްވާ ކަމަށެވެ.

- ކޮމެންޓް