ކ. މާލެ
|
2 ޖޫން 2025 | ހޯމަ 13:28
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު
ޖޭއެސްސީ
ޖުޑީޝަލް ސަރވިސް ކޮމިޝަން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރަން ސަލީމާއި ހަމީދުގެ ނަން ރައީސް މަޖިލީހަށް ފޮނުއްވައިފި
އެ ދެބޭފުޅުންގެ ނަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފައި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލެއްވި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަނުކުރަން ރުހުން ހޯދަން, އެ ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، އެ ދެބޭފުޅުންގެ ނަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައީ، ޕީއެންސީގެ ސުޕަ މެޖޯރިޓީން ސުޕްރިމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ.އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކި ކުރެއްވުމަށްފަހު، 14 މެއި 2025 ގައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކުރީ 17 މެއި 2025 ގައެވެ.

މުއްދަތު ހަމަވެގެންދިޔައިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އަދި އެންމެމަތިން މާކްސް ލިބިވަޑައިގަތީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله ހަމީދަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލައިގައި 6 ޖޫން 2022 ގައި ހައިކޯޓުގެ ފަނޑިޔާރު ކަމުން ވަކި ކުރެވުނު ބޭފުޅެކެވެ. އޭރު އެމައްސަލަ ޖޭއެސްސީން ތަހުގީގު ކުުރުމަށްފަހު، ވަކި ކުރުމަށް ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވިއެވެ.

މީގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމް އަކީ ގާނޫނީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެބޭފުޅާ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 9 އޯގަސްޓު 2022 ގައެވެ.

- ކޮމެންޓް