ކ. މާލެ
|
30 މެއި 2025 | ހުކުރު 14:46
އަރަފާތުން ފެށިގެން މަސްޖިދުލް ހަރާމް އާ ހަމައަށް ކުރިއަށް ގެންދާ "ޕެޑެސްޓްރިއަން ޕަތްވޭ ޕްރޮޖެކްޓް" ގެ ތެރެއިން ސައުދީން އަލަށް ހުޅުވި މަގުގައި ހޫނު ދައްކުރާ އާލާތް ތަކާއި، ފިނިކުރާ ނިޒާމުތަކާއި، އަރާމުކުރާ ސަރަހައްދުތަކާއި، އަދި މޮބައި
އަރަފާތުން ފެށިގެން މަސްޖިދުލް ހަރާމް އާ ހަމައަށް ކުރިއަށް ގެންދާ "ޕެޑެސްޓްރިއަން ޕަތްވޭ ޕްރޮޖެކްޓް" ގެ ތެރެއިން ސައުދީން އަލަށް ހުޅުވި މަގުގައި ހޫނު ދައްކުރާ އާލާތް ތަކާއި، ފިނިކުރާ ނިޒާމުތަކާއި، އަރާމުކުރާ ސަރަހައްދުތަކާއި، އަދި މޮބައި
ގެޓީއިމޭޖަސް
ހައްޖު 1446
ހޫނު ގަދަވުމުގެ ސަބަބުން 5 ހައްޖުވެރިއެއްގެ ހާލު ދެރަވެއްޖެ
ހައްޖުވެރިން ސައުދީ އަށް ދަތުރު ކުރަމުންދާއިރު ނުރައްކާތެރި ބަލި މަޑުކަމެއްގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް ސައުދީ ސިއްހަތާ ބެހޭ ވަޒީރު ވަނީ ކަށަވަރު ކޮށްދެއްވާފައި

ހޫނު ގަދަ ވުމުގެ ސަބަބުން ފަސް ހައްޖުވެރިއެއްގެ ހާލު ދެރަވެގެން ފަރުވާ ދެމުންދާކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާ އިން ހާމަ ކޮށްފިއެވެ.

ހެލްތް މިނިސްޓްރީން އިން އަލް ޢަރަބިއްޔާ ނޫހަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހޫނު ގަދަވުމުގެ ސަބަބުން ބަލިވި އެންމެންނަށް ވެސް ވަގުތުން ސިއްހީ ފަރުވާ ދެވި، މިހާރު އެ މީހުންގެ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ޙައްޖުވެރިންގެ ޞިއްޙަތާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ސައުދީން ކުރާ މަސައްކަތުގެ ތެރެއިން، މިފަދަ ހާދިސާތަކަށް އަވަހަށް އިޖާބަދިނުމަށް ޞިއްޙީ ޓީމުތައް ވަނީ ފުލް އެލާޓުގައި ބައިތިއްބާފައި ކަމަށް އަލް އަރަބިއްޔާ އިން ބުނެފައިވެއެވެ.

ސައުދީ ސަރުކާރުން ހައްޖުވެރިންނަށް އިލްތިމާސް ކޮށްފައިވަނީ ފެން ބޯން ހަނދާން ކުރުމަށާއި، ސީދާ އަވީގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި، ރަސްމީ ޞިއްޙީ އިރުޝާދުތަކަށް ތަބާވުމަށެވެ. މީގެ ތެރޭގައި ހިޔާވާ މަގުތައް ބޭނުން ކުރުމާއި، އެކަށީގެންވާ ރައްކާތެރިކަމުގެ ސާމާނު ބޭނުންކުރުމާއި، ވަރުބަލިވާން ފެށުމާއެކު އެހީތެރިކަމަށް އެދުން ހިމެނެއެވެ.

ހައްޖުވެރިން ސައުދީ އަަށް އަންނަ ފެށުމާ އެކު މި ހަފުތާގެ ކުރީކޮޅު ސަޢޫދީ ޞިއްޙަތާ ބެހޭ ވަޒީރު ފަހަދު އަލް-ޖަލާޖަލް ވިދާޅުވެފައިވަނީ ބަލިމަޑުކަމުގެ އެއްވެސް ހާދިސާއެއް ނުވަތަ ބަލި ފެތުރުމުގެ ނުރައްކަލެއް ނެތްކަން ކަށަވަރު ކޮށްދެއްވާ ކަމަށެވެ.

ނިމުނު ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް 1.25 މިލިއަން މީހުން ހައްޖުވުމަށް ސައުދީ އަރަބިއްޔާ އަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ޕާސްޕޯޓްސް އިން ހާމަ ކޮށްފައިވެއެވެ.

- ކޮމެންޓް