ކ. މާލެ
|
10 ޖޫން 2025 | އަންގާރަ 16:56
މިއަހަރުގެ ހައްޖުގެ ތެރޭގައި ބެހުމަށް ކަނޑައެޅިފައިވާ ކީރިތި ގުރުއާނުގެ ކޮޕީ ތައް އޮފިޝަލުން ހައްޖުވެރިންނަށް ބަހަނީ
މިއަހަރުގެ ހައްޖުގެ ތެރޭގައި ބެހުމަށް ކަނޑައެޅިފައިވާ ކީރިތި ގުރުއާނުގެ ކޮޕީ ތައް އޮފިޝަލުން ހައްޖުވެރިންނަށް ބަހަނީ
ސައުދީގެޒެޓް
ހައްޖު
ހައްޖުވެރިންނަށް ހަދިޔާ އަކަށް 2.5 މިލިއަން މުސްހަފް ސައުދީ ސަރުކާރުން ބަހަނީ
މިއީ މަދީނާގައި ހުންނަ ކިންގް ފަހުދު ކޮމްޕްލެކްސް ފޮރ ޕްރިންޓިންގ އޮފް ދަ ހޯލީ ޤުރުއާން އިން ޗާޕުކޮށްފައިވާ، އެކި ސައިޒުތަކުގައި އަދި އެކި ބައިނަލްއަޤްވާމީ ބަސްތަކަށް ތަރުޖަމާ ކޮށްފައިވާ ކޮޕީތަކެކެވެ.

ހައްޖުވެރިންނަށް ދޭ ހަދިޔާ އެއްގެ ގޮތުން 2.5 މިލިއަން އަށް ވުރެ ގިނަ މުސްހަފް ސައުދީ ސަރުކާރުން ބަހަން ނިންމާފައިވާ ކަމަށް އެ ގައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

އާދިއްތަ ދުވަހު މުސްހަފް ބަހަން ފަށާފައިވާ ކަމަށާއި، މިއީ ދެ ޙަރަމްފުޅުގެ ޚާދިމު ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން ޙައްޖުވެރިންނަށް ދޭ ހަދިޔާ އެއް ކަމަށް ވެސް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.

މި އަހަރުގެ ޙައްޖު މޫސުމުގައި ބެހުމަށް ކަނޑައަޅާފައިވާ ކީރިތި ޤުރުއާނުގެ ކޮޕީތަކުގެ އަދަދަކީ 2,521,380 އެވެ.

މިއީ މަދީނާގައި ހުންނަ ކިންގް ފަހުދު ކޮމްޕްލެކްސް ފޮރ ޕްރިންޓިންގ އޮފް ދަ ހޯލީ ޤުރުއާން އިން ޗާޕުކޮށްފައިވާ، އެކި ސައިޒުތަކުގައި އަދި އެކި ބައިނަލްއަޤްވާމީ ބަސްތަކަށް ތަރުޖަމާކޮށްފައިވާ ކޮޕީތަކެކެވެ.

މިގޮތުން މި ބަރަކާތްތެރި ހަދިޔާ ހުރިހާ ޤައުމުތަކުގެ މީހުންނަށް ލިބޭނެކަމަށް ސައުދީ މީޑީއާ ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް