ކ. މާލެ
|
10 ޖޫން 2025 | އަންގާރަ 17:15
 ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީ އަރަބިއްޔާ އަށް އައި މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުން ކުރިއަށް ގެންދާއިރު ޙައްޖުވެރިން އަރަފާތު ފަރުބަދަ އަށް ކުރި ޒިޔާރަތުގެ ތެރެއިން - ޖޫން 5، 2025

ގެޓީއިމޭޖަސް
ހައްޖު
ޙައްޖަށް ހުރަސްއެޅޭ އެއްވެސް ކަމެއް މިއަހަރު ނުހިނގާ: ސައުދީ ދާޚިލީ ވަޒީރު
އެއްވެސް ބަލިމަޑުކަމެއް ނުވަތަ ކަރަންޓީނު ކުރަންޖެހޭ ޙާލަތެއްވެސް މިއަަހަރުގެ ހައްޖު މޫސުމުގައި ރިކޯޑުކުރެވިފައެއް ނުވެއެވެ.

މި އަހަރުގެ ޙައްޖު މޫސުމުގައި ޙައްޖަށް ހުރަސްއެޅޭ ނުވަތަ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރާ އެއްވެސް ކަމެއް ދިމާވެފައި ނުވާ ކަމަށް ސައުދީ އަރަބިއްޔާގެ ދާޚިލީ ވަޒީރު އަމީރު ޢަބްދުލްޢަޒީޒު ބިން ސަޢޫދު ބިން ނާއިފް ވިދާޅުވެއްޖެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ "އެއްވެސް ބަލިމަޑުކަމެއް ނުވަތަ ކަރަންޓީނު ކުރަންޖެހޭ ޙާލަތެއްވެސް ރިކޯޑުކުރެވިފައެއް ނުވެއެވެ. ހައްޖުވެރިންނަށް ފޯރުކޮށްދީފައިވާ ރައްކާތެރިކަމުގެ ޚިދުމަތާއި ޞިއްޙީ ޚިދުމަތްތަކުގެ ސަބަބުން ބަލިވުމާއި، ހޫނުގަދަވުމާއި، މީހުން މަރުވުމުގެ ނިސްބަތް ދަށްވެފައިވެއެވެ."

ސައުދީ ރަސްމީ އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި މި އަހަރު ޖުމްލަ 1,673,230 މީހުން ހައްޖަށް ގޮސްފައިވެއެވެ.

- ކޮމެންޓް