މިއަހަރުގެ ޙައްޖު އަޅުކަން އަދާ ކުރުމަށް ގޮސް ތިބި ޙައްޖުވެރިންނަށް އަމާޒުކޮށްގެން، މިނާގައި ދެ ބުރީގެ ފޭލި ގެތަކެއް ޤާއިމުކޮށްފި އެވެ.
މި މަސައްކަތް ކޮށްފައި ވަނީ ކިދާނާ ޑިވެލޮޕްމަންޓް ކޮމްޕެނީ އިންނެވެ. އެ ކުންފުންޏަކީ މައްކާގެ ސަރަހައްދުތައް ތަރައްޤީކޮށް، އެ ސަރަހައްދު ތަކުގައި ތަންތަން ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ.
އެ ކުންފުނިން ވަނީ މައްކާގެ މުޤައްދަސް ތަންތަނުގައި ޙައްޖާޖީން އަށް މަޑުކޮށްގެން ތިބެވޭ ގޮތަށް ދެ ބުރީގެ ފޭލި ގެތަކެއް ޤާއިމު ކޮށްފަ އެވެ. އަދި މިއީ ޙައްޖާޖީން އަށް އެމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެހެން ޤާއިމު ކޮށްފައިވާ ގެތަކެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ގެތަކުގައި ޙައްޖާޖީން އަށް އަރާމު ކޮށްލުމަށް މަޑު ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް މިއަހަރުގެ ޙައްޖުވެރިންނަށް ދިނުމުގެ މަޤުސަދުގައި ޚާއްސަ އިސްކަމެއް ދީގެން ޤާއިމު ކޮށްފައިވާ ތަންތަނެވެ.
އެ މަސައްކަތް ކުރި ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ފޭލި ގެތައް ހެދުމަށް ވަނީ ޚާއްސަ އިސްކަމެއް ވެސް ދީފަ އެވެ. އަދި ފޭލި ގެތައް ހެދުމުގެ މަަސައްކަތް ކުރިއަށް ގެންދިޔައީ ސައުދީ އަރަބިއްޔާގެ އަމިއްލަ ވިޔަފާރިވެރިންގެ އެހީތެރިކަމާ އެކު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ކިދާނާ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނިން ޤާއިމު ކޮށްފައިވާ ފޭލި ގެތަކުގައި 40 ގެ ވަނީ ޤާއިމު ކޮށްފަ އެވެ. އަދި އެ ތަންތަނުގައި ފާޚާނާ ކުރެވޭނެހެން ފާޚާނާ ޤާއިމު ކޮށްފައި ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންެދެވުނު ކާމިޔާބު މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މިއަހަރު ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް ތިބި އެންމެހާ ޙައްޖާޖީން އަށް، ފަސޭހަ ވާނެހެން އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީ އިން ވަނީ ޚާއްސަ އިސްކަމެއް ދީފަ އެވެ. އެގޮތުން ކިދާނާ ކުންފުނިން ޤާއިމު ކުރި މި ފޭލި ގެތަކުގައި ގާތް ގަނޑަކަށް އަށް ހާސް ހައްޖާޖީން އަށް ތިބެވޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.