ކ. މާލެ
|
23 މެއި 2025 | ހުކުރު 16:58
އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ތެރެއިން
އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ތެރެއިން
ރައީސް އޮފީސް
އުފެއްދުންތެރިކަމުގެ މަޢުރަޒު
އުފެއްދުންތެރިކަމުގެ މައުރަޒު: ރަށުފެންވަރުގެ ބައިން ގއ. ވިލިނގިލި، ސިޓީތަކުގެ ބައިންނާއި އައްޑޫ ސިޓީ
އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ، ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު
މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވި
އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރި ފަރާތްތަކަށާއި، މުޅި މަޢުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރގައެވެ.

ރަން ވަނަ (މުޅި މަޢުރަޒުން އެންމެ މަތިން މަރކްސް ލިބުނު 5 އުފެއްދުން) ޙާޞިލްކުރެއްވި ފަރާތްތަކަކީ

  • ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ
  • އަބުޑީ މޯލްޑިވްސް
  • މޯލްޑިވްސް ޕޮލިޓެކްނިކް
  • މުޙައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ
  • ޢަލީ މާހިރު

އެކި ދާއިރާތަކުން 1 ވަނަ ޙާޞިލްކުރި ބައިވެރިންގެ ތެރޭގައި ހިމެނެނީ

  • އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ، ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ
  • ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާ
  • ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
  • ވިޔަފާރިތަކުގެ ދާއިރާއިން 1 ވަނަ، ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
  • ތަޢުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން 1 ވަނަ، މޯލްޑިވްސް ޕޮލިޓެކްނިކް
  • ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ، ފާތުމަތު ޝަފަޤް، ރެޑިއަމުގެ، ތ. ވިލުފުށި
  • ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން 1 ވަނަ، ވިމެން އޮންޓަރޕްރަނިއަރސް އެސޯސިއޭޝަން މޯލްޑިވްސް
  • މުޅި މަޢުރަޒުން 1 ވަނަ ސިޓީ/ރަށް، އައްޑޫ ސިޓީ ހިތަދޫ
  • ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

މި ރަސްމިއްޔާތުގައި ޖުމްލަކޮށް 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.

މި މަޢުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ.

މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މަޢުރަޒެކެވެ. މި މަޢުރަޒު ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ. މި މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30ގައެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.

- ކޮމެންޓް