ކ. މާލެ
|
21 މެއި 2025 | ބުދަ 09:09
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
މަޖިލިސް
ބޯހިޔާވަހިކަމުގެ ބިލު
ސަރުކާރުން ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލު ލާމަކުރަޒީ އުސޫލު ނުދަނޭ - ޑިމޮކްރެޓްސް
ސަރުކާރުން ހުށަހެޅި ބޯހިޔާވަހިކަމުގެ ބިލަކީ ދެމެހެއްޓެނިވި މަގުގެ މަތިން، ދުރުރާސްތާގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ހެދިފައިވާ ބިލެއް ނޫން
މިއީ ލާމަރުކަޒީ އުސޫލު ނުދަންނަ، ބޯހިޔާވަހިކަމުގެ ޒަމާނީ ފެންވަރާއި މިންގަނޑުތަކަށް ރިއާޔަތްކޮށްފައި ނެތް ބިލެއް
ބިލަށް އެދެވޭ ހެޔޮބަދަލުތައް ގެނެސްގެން ބޯހިޔާވަހިކަމުގެ ބިލު ރަނގަޅުކުރުމަށް ގޮވާލާފައިވޭ

ސަރުކާރުން ހުށަހެޅި ބޯހިޔާވަހަކަމުގެ ބިލަކީ ދެމެހެއްޓެނިވި މަގެއްގައި ދުރުރާސްތާގެ ބޭނުންތަކަށް އަދި މަސްލަހަތުތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން އެކުލަވާފައިވާ ބިލެއް ނޫން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ބޯހިޔާވަހިކަމުގެ ބިލުގެ ޕްރިލިމިނަރީ ރިވިއުގައި ބުނެފައިވަނީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ހައްގެއްކަމަށްވާ ހިނދު، ކަމާބެހޭ ހާއްސަ ގާނޫނެއް އެކުލަވާފައި އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް އެ ޕާޓީއިން ދެކޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަކީ ހަމަހަކަމާއެކު ދެމެހެއްޓެނިވި މަގެއްގައި ދުރުރާސްތާގެ ބޭނުންތަކަށް އަދި މަސްލަހަތުތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން އެކުލަވާފައިވާ ގާނޫނެއް ނޫންކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އަދި ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ހައްގެއްކަމަށްވާ ހިނދު، ކަމާބެހޭ ހާއްސަ ގާނޫނެއް އެކުލަވާފައި އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ދެކޭ ކަމަށާއި، ނަމަވެސް މިހާރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަކީ ހަމަހަކަމާއެކު ދެމެހެއްޓެނިވި މަގެއްގައި ދުރުރާސްތާގެ ބޭނުންތަކަށް އަދި މަސްލަހަތުތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން އެކުލަވާފައިވާ ގާނޫނެއް ނޫންކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ހައުސިން ކޮމިޓީއިން މި ބިލު ދިރާސާކޮށް، ޕްރިލިމިނަރީ ރިވިއުއެއް ހިންގާފައިވެއެވެ. އެ ޕާޓީން ވަނީ ބިލުގައި އިސްލާހުކުރާންޖެހޭ ކަމަށް ފާހަގަވާ ތިން ނުކުތާއެއް ހިމަނާފައެވެ.

ފުރަތަމަ ނުކުތާއަކީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހައުސިންގ މައްސަލަތަކަށް ލޯކަލް ހައްލުތައް ހީދަން މި ބިލުން ހުރަސްއަޅާކަން ފާހަގަަކުރެވެއެވެ. އެގޮތުން ލޯކަލް ކައުންސިލްތަކަށް ހައުސިންގ މަޝްރޫއުތައް ކޮމިޝަންކުރުން މި ބިލުން މަނާކުރެއެވެ. ބިލު އޮތީ މާލޭގައި ހުންނަ މައި ސަރުކާރުގެ މިނިސްޓްރީ އިން ހިތުހުރިގޮތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކޮމިޝަންކޮށް ހިންގޭނެ ގޮތަށެވެ. އަދި ބޯހިޔާވަހިކަމުގެ ހާލަތު ބަލަން ސާވޭކުރަންވީ ވެސް ބޯހިޔާވަހިކަމުގެ ދަފްތަރު ބަލަހައްޓަންވީ ވެސް މާލޭގައި ހުންނަ މިނިސްޓްރީންނެވެ. މި ބިލު ލާމަކުރަޒީ އުސޫލު ނުދަންނަ ކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ ޒަމާނީ ހަމަތަކާއި އުސޫލުތަކަށް ބިލުގައި ރިއާޔަތްކޮށްފައި ނެތެވެ. އެގޮތުން ގިނަ ޒަމާނަށް ބޭނުންހިފޭނެ ފެންވަރު ރަނގަޅު ކޮލިޓީގެ ބޯހިޔާވަހިކަމުގެ މިންގަނޑުތަކެއްގެ ބަދަލުގައި ބިލުން ލާޒިމުކުރަނީ ފެންވަރު ދެރަ، މިނިމަމް ރިކުއަރމެންޓުތަކެކެވެ. އެއް ސޯޝިއޯ-އިކޮނަމިކް ގިންތިއެއްގެ ބަޔަކު އެއްތަކަށް ކޮއްޕާލަނިކޮށް ވޭތޯ ބެލުމާއި ދިރިއުލުމުގެ ފެންވަރު ބަދަލުވުމުގެ ސަބަބުން އެހެން ބޯހިޔާވަހިކަމުގެ ސްކީމަކަށް ގްރެޖުއޭޓުވެވޭނެ ފަދަ ސޯޝަލް މޮބިލިޓީގެ މަގުތަކެއްވެސް ބިލަކު ނެތެވެ. އަދި ވަގުތީގޮތުން ހާލަތު ރަނގަޅުވާންދެން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކައުންސިލު ހައުސިންގްފަދަ ނިޒާމެއްވެސް ނެތް ކަން ފާހަގަކޮށްފައިވެއެވެ.

ތިންވަނަ ނުކުތާގައި ބުނެފައިވަީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ބައިވެރިވާ ފަރާތްތަކުގެ ހައްގުތައް މި ބިލުގައި ފުރިހަމައަށް ހިމާޔަތް ކުރެވިފައެއް ނެތެވެ. އަދި ޑިމޮކްރެޓިކް ދެފުށްފެންނަ ހަމަތައްވެސް މި ބިލުގައި މަދެވެ. އެގޮތުން ސޯޝަލް ހައުސިން ލިބޭ ފަރާތްތަކުގެ ކިބައިން އެތަން އަތުލާނަމަ ޝަރުއީ މަރުހަލާއެއް ފުރިހަމަކުރާން ނުޖެހުމާއި، ފައިސާ ދައްކާ ހަލާސްކޮށް, މިލްކުވުމުންވެސް ކުއްޔަށް ތަންދޫކުރުން މިބިލުން މަނާކުރުން ހިމެނެއެވެ. އަދި ބިލުގައި އޮތީ ބޯހިޔާވަހިކަމުގެ ދަފްތަރަކީ ސިއްރު، ހާމަކުރާން ނުޖެހޭ އެއްޗެއްގެ ގޮތުގައިކަން ފާހަގަކޮށްފައިވެއެވެ.

ދަ ޑިމޮކްރެޓްސް އިން ވަނީ މި ކަންބޮޑުވުންތަކަށް އިޖާބަދީ، އެދެވޭ ހެޔޮ ބަދަލުތަކެއް ބޯހިޔާވަހިކަމުގެ ބިލަށް ގެނައުމަށް ގޮވާލާފައެވެ.

- ކޮމެންޓް