ސްކީލާން" ޑޮކިއުމެންޓަރީ އާއި މެދު ފާޑުކިޔާ އެ ޑޮކިއުމެންޓްރީގެ މައްސަލަ ބަލަން ބަޔަކު އުޅެނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އުފާކުރައްވަން ކަމަށާއި އެކަމުން ގެއްލުން ވަނީ ރައީސް މުއިއްޒު އަށް ކަމަށް އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރ ހުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެއެވެ.
ސަނާ ކިޔުމާއި ތައުރީފްކުރުމަކީ ވެރިކަމުގެ ކޮއިލުގައި އޮންނަ ކަމެއް ކަމަށާއި ރައީސް މުއިއްޒު އާއި އާއިލާ އިން އެ ރިޕޯޓާއި މެދު ކަންބޮޑުވެގެން ނޫޅޭ ކަމަށެވެ. އަދި އެ ރިޕޯޓާއި މެދު ކަންބޮޑުވެގެން ވާހަކަދައްކާ މީހުންނަކީ ރައީސް އެކަމުގެ ސަބަބުން އުފާވެދާނެ ކަމުގެ މަޤްސަދުގައި އެކަން ކުރާ ބައެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ގެއްލުން ލިބެނީ ވެސް ރައީސަށް ކަމަށް އޭނާ ވިދާޅުވިއެވެ. ގދ.ތިނަދޫގައި ރައީސް މުއިއްޒުގެ އިންޓަރވިއު އެއް ނަގާފައިވާ ކަމަށާއި އެ އިންޓަރވިއު އާއި އެކު އޭނާ އަށް ފޯނުކޯލެއް އައި ކަމަށެެވެ. އެ ފޯން ކޯލު ކުރި މީހާ އެ އިންޓަރވިއުގައި މުހިންމު ތިން ސުވާލެއް ނުކުރާ ކަމަށް ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި މުއިއްޒުގެ ދޮންމަންމަގެ ވާހަކަ އާއި ދިމްޔާތު ހެދި ގޮތުގެ ވާހަކަ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ދިމްޔާތާއި މެދު ހުރި ސުވާލުތަކަށް ޖަވާބު ހޯދާ ރިޕޯޓްވެސް ކޮށްފައިވާނެ ކަމަށާއި އެކަންކަމަށް ރައީސް ވަރަށް ރަނގަޅަށް ޖާވާބުދާރީ ވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއިން ރިޕޯޓަކާއި މެދު ކަންބޮޑުވެގެން ވެސް ބަޔަކު ވާހަކަ އެއް ނުދައްކާ ކަމަށް ފިޔާޒް ވަނީ ވިދާޅުވެފައެވެ. ސްކީލާން" ޑޮކިއުމެންޓަރީ އަކީ ބޭރު ތަނަކަށް ހުށަހަޅައިފި ނަމަ ދުނިޔޭގެ ފެންވަރުގެ އެވޯޑް ލިބޭނެ ވަރުގެ ޑޮކިއުމެންޓްރީ އެއް ކަމަށް ވެސް ފިޔާޒް ވިދާޅުވިއެވެ.
ސްކީލާން ޑޮކިއުމެންޓްރީގެ މަސައްކަތް ފެށީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެކަމަށްޓަކާ ލަންކާ ބައެއްގެ އެހީތެރިކަން ވެސް ހޯދާފައިވާނެ ކަމަށް ފިޔާޒް ވިދާޅުވިއެވެ.
މިކޮޅުގެ ޓީމުން ލަންކާ އަށް ދިޔައީ އިތުރު މައުލޫމާތު ހޯދަން. ތަހުގީގީ ނޫސްވެރިކަމަކީ ސިއްރުން ވެސް މައުލޫމާތު ހޯދުންތާ. ދައުލަތުގެ އިދާރާތަކުގަ ހުރި މައުލޫމާތުވެސް ހޯދުންތާ. މިކަހަލަ ކަމެއް ތުހުމަތެއް ކުރެވުނީމަ އެކަން ސާފުކުރުމަކީ ނޫސްވެރިކަމުގައި ހިތްވަރުދޭ ކަމެއް. މީގަ އޮތް އެއްޗެއް ނޭނގެނީ ފޮތް ނުކިޔާ މީހުން ގިނަ ވީމަހެން އަޅުގަނޑަށް ހީވަނީ. މީގަ އޮންނާނެ ރައީސްގެ ޖަވާބެއް ނުލިބުނޭ. ސްކްރީންޝޮޓްވެސް ހުންނާނެ. މި އާއި މެދު އަޅުގަނޑު ފަހުރުވެރިވަން. އަޅުގަނޑުމެން ފުރުސަތު ދިނީމޭ ޖަވާބުދޭން. ހީނާ އެހުންނެވީ. ތޮލާލް އެ ހުންނެވީ.އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރ ހުސައިން ފިޔާޒް މޫސާ
ރައީސް މުުއިއްޒު އާއި އޭގެ ފަހުން ވެސް ދިމާވި ކަމަށާއި އެއްވެސް ކަމަކާއި ހިތްހަމަޖެހިވަޑައި ނުގެން ވާހަކަ އެއް ނުދައްކަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް މުއިއްޒު އަކީ އެއަށް ވުރެ ހަންބޯ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްއެމްސީގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑް ޙަފްލާ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުން ވަގުތުން ދައްކަމުން ދިޔައިރު، "ސްކީލާން" ޑޮކިއުމެންޓަރީގެ ތަންކޮޅެއް ދެއްކިގެން މައްސަލަ ގޯސްވެ މީޑީއާ ކައުންސިލްގެ ރައީސް، އަހްމަދު މުސްތަފާ ޕަބްލިކް ސާވިސް މީޑީއާ ގައި އޭނާ އަދާ ކުރައްވާ ވަޒީފާއިންވެސް ކުއްލި ގޮތަކަށް ވަކި ކުރިއެވެ. ނަމަވެސް ފަހުން ވަނީ އޭނާގެ ވަޒީފާ ރުޖޫއަ ކޮށްދީފައެވެ. އެކަން ހިނގި ގޮތަށް ވެސް ފިޔާޒް ވަނީ ފާޑު ވިދާޅުވެފައެވެ. އެއީ ކުންފުނިތަކުގެ ޤާނާއި އެއްގޮތަށް ބަލާއިރު ކުރެވޭނެ ކަމެއް ވެސް ނޫން ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ އުފެއްދުމަކީ އަޙުލާގީ މިންވަރު ދަށް އުފެއްދުމެއް ކަަމަށް ބުނުމުގެ ފުރުސަތެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޕީއެސްއެމްގެ ތަސައްވުރު ގެއްލޭ ފަދަ އެއްޗެއް ދެއްކުނު ކަމަށް ބުނެ ކުއްލިއަކަށް ރޯވާން ޖެހޭ ސަބަބެއް ނެތް ކަަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގައި ތިބި މީހުން އެއާއި ދެކޮޅަށް މަސައްކަތް ކުރަމުން ދަނީ ރައީސަށް ޖެއްސުމަށް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. ފަނޑިޔާރުން ވެސް ފަނޑިޔާރުންގެ ނިންމުމާއި މެދު ސުވާލު އުފައްދަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސްގެ ޕީއާރު ހިންގަނީ ރައީސް އޮފީހުގެ މިނިސްޓަރ އިބްރާހިމް ހަލީލުހެން ވެސް ހީ ނުވާ ކަމަށާއި އޭނާ އެކަމާއި މެދު ކަންބޮޑުވެގެން ޓްވީޓް ކުރައްވާ އެކަމާއި ދެކޮޅަށް ވާހަކަ ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އެވޯޑް އަތުލަން މަސައްކަތް ކުރުމަކީ ވަޒީފާގެ ބިރަށްޓަކާ އެ ބޭފުޅުންގެ ޒިންމާ އާއި މެދު ފަހަތަށް ޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އުނިކަން އައުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.