ބުރާސްފަތި ދުވަހުގެރޭ މާލޭގައި ޒުވާނުންތައް ކުރިއަށްގެންދިޔަ ސުލްހަވެރި އިހުތިޖާޖު ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުށްވެރިކުރައްވައިފިއެވެ.
"ދުލެއް ނުކުރާނަން" އިހްތިޖާޖްގެ ބައިވެރިން، ސުލްޙަވެރިކަމާއި އެކު މަޖީދީމަގުގައި މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކޮށް މުޒާހަރާ ލީޑްކުރާ އިސް ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ހައްޔަރަށް ގެންދިޔައީ މުޒާހަރާގެ ކަންކަން އިސްކޮށް ރާވާ ހިންގާ އައިޝަތު ޝިމާން އަހުމަދު އަދި އަބްދުﷲ މަޙްޒޫމް މާޖިދު އެވެ.
މިކަމާއު ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ގައުމު ސިއްސުވާލި ބޮޑު މައްސަލައަކަށް ޖަވާބުދާރީވުމާއި އިންސާފު ހޯދުމަށް އެދި ޒުވާނުން ކުރިއަށްގެންދާ ސުލްޙަވެރި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބޮޑު ބާރެއް ބޭނުންކުރުން ކުށްވެރިކުރައްވާ ކަމަށެވެ.
I condemn the use of disproportionate and excessive force by Police to break up the ongoing peaceful demonstrations by young people demanding accountability and justice for a case that has shocked the entire nation to its core.
— Ibrahim Mohamed Solih (@ibusolih) May 2, 2025
The fact that authorities had to resort to…
ރައީސް ޞާހިލު ވިދާޅުވީ ސުލްހަވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހޭ ޒުވާނުންތަކެއް ކުރަމުންދިޔަ މުޒާހަރާއަކަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކޮށްފައިވުމުން ދައްކުވައިދެނީ ސަރުކާރުން މިކަމުގައި އޮތް ނުބައި ނިޔަތް ކަމަށެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގާއި، ގާނޫނުގެ ކުރިމަތީގައި އެންމެންގެ ހަމަހަމަކަމާއި، އިންސާފު ހޯދުމުގެ ހައްގަކީ ޑިމޮކްރަސީގެ އަސާސީ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސާބިތުކަމާއެކު ހުންނެވީ އިންސާފު ހޯދައި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި މުޒާހަރާގެ ޒުވާނުންނާ އެކުގައިކަމަށް ވެސް ވިދާޅުވިއެވެ.