ކ. މާލެ
|
2 މެއި 2025 | ހުކުރު 03:19
އަބްދުالله މަހްޒޫމް މަޖިދު އާއި އައިޝަތު ޝިމާން އަހުމަދު ހައްޔަރުކޮށްފި
އަބްދުالله މަހްޒޫމް މަޖިދު އާއި އައިޝަތު ޝިމާން އަހުމަދު ހައްޔަރުކޮށްފި
ޓްވިޓަރ
ޒުވާނުންގެ މުޒާހަރާ
ފުލުހުން ނިކުމެ ހަރުކަށި ކަމާއި އެކު ސުލްޙަވެރި އިހުތިޖާޖުތަކަށް ހުރަސް އެޅުން މިއީ ކަންބޮޑުވާ ކަމެއް: އަޒާން
ފުލުހުން ސުލްޙަވެރި އިޙުތިޖާޖުތަކަށް ހުރަސް އަޅަމުން ގެންދާތީ ކަންބޮޑުވާންޖެހޭ
ސުލްޙަވެރި އިޙުތިޖާޖުގައި ބައިވެރިވި ދެ މީހުން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލަމުންދޭ

މިހާރު މިފެންނަނީ ފުލުހުން ނިކުމެ ހަރުކަށި ކަމާއި އެކު ސުލްޙަވެރި އިހުތިޖާޖުތަކަށް ހުރަސް އަޅަމުން ގެންދާތަން ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ސުލްހަވެރިކަމާއި އެކު ޒުވާނުން ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެކަމާއި ގުޅިގެން އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސުލްޙަވެރިކަމާއި އެކު އިޙުތިޖާޖުކުރުމަކީ ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ކަަމަށާއި މުޒާހަރާއިން ހައްޔަރުކުރި ހުރިހާ ޒުވާނުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން، ބަގީޗާގެ / ނ.ކުޑަފަރި، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މަޙްޒޫމް ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"ދުލެއް ނުކުރާނަން" އިހްތިޖާޖްގެ ބައިވެރިން، ސުލްޙަވެރިކަމާއި އެކު މަޖީދީމަގުގައި މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް ޕެޕަރސްޕްރޭ ޖަހައި އަނިޔާކޮށްފައިވެއެވެ.

ޝިމަންއާއި މަޙްޒޫމް ވަގުތުން ދޫކޮށްލުމަށް އެމްޑީޕީންވެސް ގޮވާލާފައިވާއިރު، މިދެމީހުން ދޫކޮށްލުމަށް ގޮވާލައި ސޯޝަލް މީޑިޔާގައިވެސް ދަނީ އަަޑުއުފުލަމުންނެ އެވެ.

- ކޮމެންޓް