Advertisement
ކ. މާލެ
|
25 އޯގަސްޓް 2025 | ހޯމަ 18:40
ހުޅުމާލެ ވޯޓަރ ތީމް ޕާކު ހިމެނޭ ސަރަހައްދު
ހުޅުމާލެ ވޯޓަރ ތީމް ޕާކު ހިމެނޭ ސަރަހައްދު
ވަގުތު.އެމްވީ
ހުޅުމާލެގައި މީހަކު މަރުވުން
ހުޅުމާލެ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މަރުވެފައި އޮތް މީހާގެ ޖިންސާއި ޤައުމު އަދި ހާމަކޮށްފައެއް ނުވޭ
އިތުރު މަޢުލޫމާތު ލިބުމުން ހިއްސާ ކުރާނެކަމަށް ފުލުހުން ބުނޭ

ހުޅުމާލެ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ހުޅުމާލެ ވޯޓަރ ތީމް ޕާކުގައި މަރުވެފައި އޮތް މީހަކު ފެނުނު ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ދެވިއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެއީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ.

- ކޮމެންޓް