ކުވެއިތަށް ޕެޓްރިއަޓް މިސައިލް ސިސްޓަމް އަދި އެއާ ގުޅޭ ޚިދުމަތްތައް ވިއްކުމުގެ ހުއްދަ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދީފި އެވެ.
ބުދަ ދުވަހު ޕެންޓަގަން އިން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި އެއްބަސްވުމުގެ ދަށުން ކުވެއިތަށް ފޯރުކޮށްދޭ އިކުއިޕްމަންޓް އަދި ޚިދުމަތުގެ މައިގަނޑު ކޮންޓްރެކްޓަރަކީ އާރްޓީއެކްސް ކޯޕަރޭޝަން އެވެ. މި މުއާމަލާތުގެ އަގަކީ 425 މިލިއަން އެމެރިލާ ޑޮލަރެވެ.
ޕެޓްރިއަޓް މިސައިލް ސިސްޓަމަކީ އެއަރ ޑިފެންސް ސިސްޓަމެއް ގޮތުގައި ބޭނުން ކުރެވޭ އެޑްވާންސްޑް ހަތިޔާރު ސިސްޓަމެކެވެ. މި ސިސްޓަމަކީ ބެލިސްޓިކް މިސައިލްތަކާއި، ކްރޫޒް މިސައިލްތަކާއި، އެހެނިހެން އެއަރ ތްރެޓްތަކުން ރައްކާތެރިވުމަށް ބޭނުން ކުރެވޭ ސިސްޓަމެކެވެ.
މި ވިޔަފާރީގެ މުޢާމަލާތަކީ މެދު އިރުމަތީ ސަރަޙައްދުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.
އަދި މިއީ އެމެރިކާގެ ސަރަޙައްދީ ބައިވެރިންނާ އެކު އޮންނަ ގުޅުން ބަދަހި ކުރުމަށް އެޅޭ އިތުރު ފިޔަވަޅެއްގެ ގޮތުގައި ވެސް ފާހަގަ ކުރެވެ އެވެ.