ކ. މާލެ
|
30 އޭޕްރިލް 2025 | ބުދަ 15:44
ޔުމްނު ރަޝީދުގެ މައްސަލަ ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވާހަކަދައްކަވަނީ
ޔުމްނު ރަޝީދުގެ މައްސަލަ ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޔުމްނުގެ މައްސަލަ ތަހުގީގުކުރާ ކޮމިޝަން
ޔުމްނުގެ މައްސަލަ ތަހުގީގުކުރަން އުފެއްދި ޚާއްސަ ކޮމިޝަނަށް، އެކޮމިޝަނުގެ ރައީސްގެ އިތުބާރު ނެތްކަން ހާމަވެއްޖެ
އިތުބާރު ނެތް ކަމަށް ބުނި ނަމަވެސް ހައިރާނެއް ނުވޭ
ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލާނެ
އަވަސް ކުރު މުއްދަތެއްގައި މަސައްކަތްތައް ނިންމާލުމަށް ވަނީ އަމާޒު ހިފާފައި

ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގުކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ގަރާރަކުން، އުފެއްދި ޚާއްސަ ކޮމިޝަނަށް، އެ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރުގެ ވެސް އިތުބާރު ނެތްކަން ހާމަވެއްޖެއެވެ.

އެ ކޮމިނުޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ކޮމިޝަނަށް ޔުމްނުގެ އާއިލާއިން އަދި މިކަމާއި ގުޅިގެން މުޒާހަރާ ކުރާ ފަރާތްތަކުންގެ ވެސް އިތުބާރު ނެތް ކަމަށް ބުނެ އަޑު އުފުލަމުންދާކަން އެނގޭ ކަމަށެވެ.

މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މައްޗަށް އިތުބާރު ނެތް ކަމަށް ބުނި ނަމަވެސް ހައިރާން ނުވާ ކަމަށާއި، އިތުބާރަކީ ފާޑެއް އެއްޗެއް ކަމަށެވެ.

މީގެ އިތުރުން މުނައްވަރު ވަނީ ކުރީގައި ރާއްޖޭގައި އުފައްދާފައިވާ ކޮމިޝަންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފަ އެވެ. އަދި ވިދާޅުވީ އެކޮމިޝަންތަކުން ކުރި މަސައްކަތްތައް ފެންނަން ނެތް ކަމަށާއި، ކުރި ތަހުގީގުތައް އަދި ރިޕޯޓު ވެސް ފެންނަން ނެތް ކަމަށެވެ.

އެގޮތުން ފެބްރުއަރީ 7 ގައި ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހިނގި ބައެއް ކަންތައްތައް ތަހުގީގު ކުރުމަށް އެކަން ބެލުމަށް ކޮމިޝަނެއް އެކުލަވާލި. އެކޮމިޝަނުގެ ރިޕޯޓު ވެސް އައި. އެހެން ނަމަވެސް އެރިޕޯޓު އޭގެ ބަލައިގަތީ ފާޑަކަށް. މިދެންނެވީ އެމްޑީޕީ ބޭފުޅުން ނިންމެވި ގޮތަކަށް ނިންމެވީ. ސަރުކާރުގެ ފަރާތުން ވަކި ގޮތަކަށް ނިންމެވީ. ދެން އެންމެފަހުގެ ދެކޮމިޝަން. އެއް ކޮމިޝަނަކީ އެސެޓް ރިކަވަރީ ކޮމިޝަނެއް. އެއަށްވީ ގޮތެއް ހިޔެއްނުވާ މާގިނަ ބަޔަކަށް އެނގޭނެ ހެންނެއް. ދެން އައި ކޮމިޝަނަކީ މަޝްހޫރު މަރު ކޮމިޝަން. އޭގެ ރިޔާސަތުގައި ހުންނެވީ ހުސްނުއްސޫދު. ފަހުން ހުސްނުއްސޫދު ބަދަލުވީމަ ކޮމިޝަން އުވުނީ ނޫނީ ކޮމިޝަނަށް ވީ ކިހިނެތް ކަމެއް އަޅުގަނޑަށް ނޭނގޭ. މިއިން އެއްވެސް ތަނެއް ތަހުގީގެއް ކުރެވި ރައްޔިތުންނާ ހަމައަށް އައި ހެނެއް ހިޔެއްނުވޭ. މަރު ކޮމިޝަނެއް ވެސް، އެސެޓް ރިކަވަރީ ކޮމިޝަނެއް ވެސް ނިމުނު ކަމެއް ވީ ގޮތެއް އަނެހެން އެއްކަލަ ކިޔަނީނުންތޯ ވާނުވާ. އެހެންވީމަ އަޅުގަނޑަށް އެބައެއް ނޭނގޭ. އެހެންވީމަ މިދެންނެވި ކަންކަމުގެ އަލީގައި ވިދާޅުވެ ބައްލަވާ މިހާރު އަނެއްކާ ރައީސުލްޖުމްހޫރިއްޔާ ކޮމިޝަން އުފެއްދެވީ. އުފައްދަވާއިރުގައި ކިހިނެތްތޯ މި ކޮމިޝަނަށް އިތުބާރު ކުރަންވީ ސަބަބެއް މީހަކު ބުނެދޭން އެބަޖެހޭ. ހުދު. އަޅުގަނޑު ވެސް އެބަ ހިތަށް އަރާ ކިހާވަރަކުން ދާނެބާއޭ. އެއީ ކުރީގެ ކޮމިޝަންތައް ދިޔަ ގޮތަށް ބަލާއިރު. އަނެއްކާ މީގަ އެބަ އަދޭ އެހެން ވެސް ނުކުތާއެއް.

ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު

މުނައްވަރު ވިދާޅުވީ ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށާއި، އަވަސް ކުރު މުއްދަތެއްގައި މަސައްކަތްތައް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޔުމްނުގެ ކޭސްގައި ޖިނާއީ ގޮތުން ބަލަންޖެހޭ ކަންކަން ހުރިއިރު، ފުލުހުންގެ މަސައްކަތަށް ހުރަސް ނާޅާނެ ކަމަށާއި، ފުލުހުން ކުރަމުންދާ މަސައްކަތް ފުރިހަމަ ކުރޭތޯ ނުވަތަ ނުކުރޭތޯ ބަލާނެ ކަމަށެވެ.

- ކޮމެންޓް