2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލް ގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލެ، ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް (21 އަހަރު) ވަނީ ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 18:20 ގައެވެ.
ރައުދު އަހްމަދު ޒިލާލް އާއި ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން ޖުމްލަ 7 މީހެއްގެ ފޯނު ވަނީ ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.
އަދި މިމައްސަލައާއި ގުޅިގެން މާންދޫގޭ ދެކުނުގެ ޓެރަސްއާއި ދެވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި 3 ވަނަ ފަންގިފިލާވަނީ ބަލާ ފާސްކޮށްފައެވެ. މިތަންތަން ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެއްޗެއް ގެންދިޔަ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކޮށްފައިވަނީ ތަފާތުކޮށް ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންގެ އިތުރުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ޔުމްނު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ 18 އޭޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެއެވެ.