ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 03:01
ހޮނިހިރު ދުވަހު ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މެދު އިހުމާލުވީ ކުދިންގެ ހައްގުގައި ކުރި ހަމަހިމޭން އިހުތިޖާޖު - 19.04.25
ހޮނިހިރު ދުވަހު ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މެދު އިހުމާލުވީ ކުދިންގެ ހައްގުގައި ކުރި ހަމަހިމޭން އިހުތިޖާޖު - 19.04.25
ރާއްޖެއެމްވީ
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިހުމާލުވުން
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭސް ނުލިބޭ މައްސަލަ ބޮޑުވެ ބެލެނިވެރިންގެ ހިމޭން އިހުތިޖާޖެއް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން އިހުމާލުވާ ކަމަށް ބުނެ 46 ބެލެނިވެރިން ސޮއިކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ
ރާއްޖެއެމްވީ އާއި ވާހަކަދެއްކި އިތުރު ބެލެނިވެރިއަކު ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވާތީ އެކަމާއި މެދު ސަރުކާރުގެ ކަމާއި ގުޅުން ހުރި ފަރާތްތަކާއި ވާހަކަ ދައްކާފައިވާނެ ކަމަށް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭސް ނުލިބޭ މައްސަލަ ބޮޑުވެ ބެލެނިވެރިން ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު މިފަދަ އިހުތިޖާޖެއް ކޮށްފައި މި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން އިހުމާލުވާ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަހިމޭން "އިހުތިޖާޖް" ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:30ން އިރުއޮއްސި 06:00 އާ ހަމައަށް އާޓިފިޝަލް ބީޗުގައެވެ.

އެ އިހުތިޖާޖަށް ފަހު ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ބެލެނިވެރިއަކު ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގުތައް ހޯދައިދިނުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމު ކުރާ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީތެރިކަމުގެ އިންތިޒާމްތައް ދޯހަޅިކަމަށް އެ ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ. އޭނާ ވަނީ ރާއްޖެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ ތެރަޕީ ރަނގަޅަށް ނުލިބޭ ތަނުގައި ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމަށް ވެސް މިހާރު ދަތިތައް ހުރި ކަމަށް ބުނެފައެވެ.

ރާއްޖެއެމްވީ އާއި ވާހަކަދެއްކި އިތުރު ބެލެނިވެރިއަކު ބުނީ ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވާތީ އެކަމާއި މެދު ސަރުކާރުގެ ކަމާއި ގުޅުން ހުރި ފަރާތްތަކާއި ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދިވެސް އެ މައްސަލަ އަށް ހައްލެއް ނުލިބޭ ކަމަށް އެ ބެލެނިވެރިޔާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން އިހުމާލުވާތީ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ނުގެނެސް ބޭރުކޮށްލުމަކީ އެއީ ވަރަށް ދެރަވަރު ކަމެއް ކަމަށް އެ ބެލެނިވެރިޔާ ވަނީ ބުނެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން އިހުމާލުވާ ކަމަށް ބުނެ 46 ބެލެނިވެރިން ސޮއިކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. މި ޕެޓިޝަންގައި އެދިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ މާލީ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ނުކުޅެދިފައިވާ ސަބަބު ތަހުގީގު ކޮށްދިނުމަށެވެ.

- ކޮމެންޓް