ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށްވި 713 ދުވަސް ތެރޭގައި ގޯއްޗާއި، ފްލެޓުތަކުގެ މައްސަލާގައި މިހާތަނަށް 492 ފަހަރަށް ރައްޔިތުން އެއްވެސް ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވާ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި ނިޝާން ވިދާޅުވީ، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި، ގާނޫނުތައް އެތުރިފައިވާ ގޮތަށް ބަލާއިރު، މިއީ ގޯއްޗާއި، ފްލެޓު މައްސަލާގައި އިހްތިޖާޖުތައް ކުރަން ނުޖެހޭ ކަމަށެވެ. ނަމަވެސް މިއަދު މި އިހުތިޖާޖު ކުރަން މި ސަރުކާރުން މަޖުބޫރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސާސީ ހައްގުތަކަށް އިޝާރާތް ކުރައްވައި ނިޝާން ވިދާޅުވީ، ދިވެހި ރައްޔިތުންގެ އިތުރުން ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުން އަސާސީ ހައްގުތަކަށް ފެންބޮވާ ގަނެފައިވާ ކަމަށެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު، މިއަދު އަސާސީ ހައްގެއް ހޯދަން ދިވެހިން ސަލާން ޖަހަން ޖެހުމަކީ ގަބޫލު ކުރެވޭ ގާނޫނީ ހަމައެއް ނޫން ކަމަށެވެ. ނަމަވެސް މި ސަރުކާރުން އަސާސީ ހައްގުތައް އެކި ގޮތް ގޮތަށް ގައިދު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ހައްގުތައް ހޯދުމަށް އަބަދުވެސް އިހުތިޖާޖު ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޝާން ވިދާޅުވީ ދިވެހިންނަކީ އަސާސީ ހައްގުތައް ތަންމިނަށް ބޭނުންވާ ބައެއް ކަމަށާއި، އެ ހައްގުތައް ގައިދު ކުރާނަމަ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެ ހޮޑު ލާނެ ކަމަށެވެ. ދިވެހި ތާރީހުގައި މިކަން މުތުލޮގަށް ސާފުކޮށް ފެނިފައިވާ ކަމަށް ނިޝާން ވިދާޅުވި އެވެ.
މި ސަރުކާރުން ބޮލެއް ނުލަބާ އަސާސީ ހައްގު ހޯދުމަށްޓަކައި އިހުތިޖާޖު ކޮށް ސަރުކާރުގެ ވިސްނުންތައް ސަރުކާރުން ބޭނުންވާ ގޮތް ނޫން ގޮތަކަށް ލައްބަން މަޖުބޫރު ކުރާ ހާލަތަށް ދިވެހި ރައްޔިތުން ގެންދިޔާމަ ނޫނީ. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ދިވެހި ރައްޔިތުން ގަދަ ކަނޑެއްގައި ހޮޑުލަވާފައި އިންނަ މީހަކު. ހޮޑުލާން ބޭނުންވެ އެ ހޮޑު ބޭރުކުރެވޭނެ ގޮތެއް ނެތި، ތިބޭ ހާލަތުގައި ދިވެހި ރައްޔިތުން ތިއްބާ. އަޅުގަނޑު ރައީސް މުއިއްޒަށް ދަންނަވާލަން ދިވެހި ރައްޔިތުން އަދި ހޮޑު ލާނޭ. ހޮޑުލާނޭ އަސާސީ ހައްގުތައް ގައިދުކޮށްފިއްޔާ. އެގައިދު ކުރަމުންދާ ކަމަށްވާނަމަ އެ އަސާސީ ހައްގުތައް ހޯދުމަށް އެ ހޯދަން އޮތް ގޮތަކަށް ހޯދަން ދިވެހި ރައްޔިތުން ތެދުވާނެ. ދިވެހި ތާރީހުގައި މިކަން އޮންނާނީ މުތުލޮގަށް ސާފުކޮށް ފެނިފައި. މި ސަރުކާރަށް މިވީ 713 ދުވަސް މިއަދަށް. މި 713 ދުވަސް ތެރޭގައި ގެދޮރުވެރިކަމާއި ގުޅޭގޮތުން، ފްލެޓާއި ގޯއްޗާއި ގުޅޭގޮތުން މިތަނަށް ނުނީ މި ގޮތަށް އެއްވާ މިއީ. 492 ވަނަ ބައްދަލުވުން. އެކިއެކި ސިފަ ސިފާގައި. މިއީ ފުކެއް ބޮޑުވަރު.
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް![]()
ނިޝާން ވިދާޅުވީ އަސާސީ ހައްގުތައް ހޯދުމަށް ރައްޔިތުން ސަލާން ނުޖަހާނެ ކަމަށެވެ.
މީގެ އިތުރުން ނިޝާން ވިދާޅުވީ، ރައީސް މުއިއްޒު ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރައްވަން ޖެހޭ ކަމަށާއި، ރައީސް މުއިއްޒު ގާނޫނު އަސާސީއާ އެއްގޮތަށް ބަދަލުވާން ޖެހޭ ކަމަށެވެ. އެހެންނޫން ކަމަށް ވާނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ނިޝާން ވިދާޅުވި އެވެ.