ކ. މާލެ
|
15 އޭޕްރިލް 2025 | އަންގާރަ 23:34
ކ. މާފުށީގައި ވައްކަން ކުރި މީހެއްގެ ގަޔަށް ކުލަ އަޅާފައި
ކ. މާފުށީގައި ވައްކަން ކުރި މީހެއްގެ ގަޔަށް ކުލަ އަޅާފައި
ރާއްޖެއެމްވީ
ވަައްކަން ކުރުން
ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމު ނުކުރުމަށް އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފި
ވައްކަން ކުރި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މައުލޫމާތުލިބިފައިވޭ

ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ކ. މާފުށީގައި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް ޢާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ ޢަމަލުތައް ފެންނަ ވީޑިއޯ ޢާންމު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިލްތިމާސްކޮށްފި އެވެ.

ކ. މާފުށީގައި ވައްކަން ކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާ ވީޑިއޯއެއް އާންމުވެ، މިކަމާއި ގުޅިގެން ގިނަ ފަރާތްތަކުން ވައްކަން ކުރިކަމުގައި ވިޔަސް، މިއީ ނާތަހުޒީބް އަމަލެއް ކަމަށް ސިފަކޮށް ވާހަކަދައްކާ އެޗްރާސީއެމައަށްވެސް މިކަމުގައި ބަހެއް ނުބުނެ ތިބި ތިބުމަށް ފާޑު ކިޔަމުންދަނިކޮށް، އެޗްއާރްސީއެމްއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ނުހިންގުމަށް މި ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.

އަދި މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން އެދޭ ކަމަށާއި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށްވެސް އެޗްއާރްސީއެމްއިން ބުނެފައިވެ އެވެ.

އަދި އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްޤާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި، ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.

ފިރިހެނެއްގެ ބޮލަށް ކުލަ ފާޓާއެއް އެޅީ، ރަށުގެ ފިހާރައަކަށް ވަދެ ވަގަށް އެއްޗެއް ނެގި މައްސަލައިގަ އެވެ. ވީޑިއޯތަކުން ފެންނަނީ މަގުމައްޗަށް އެ މީހާ ނެރެ އޭނާ ލައްވައި، އަމިއްލަ ގައިގައި ކުލަ ހާކުވާ މަންޒަރެވެ.

ވައްކަން ކުރި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މައުލޫމާތުލިބިފައިވެ އެވެ.

- ކޮމެންޓް