Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2025 | އާދީއްތަ 15:20
ފުލުހުން މަގުމަތި ބަލަހައްޓަނީ--
ފުލުހުން މަގުމަތި ބަލަހައްޓަނީ--
ޕޮލިސް
ފުލުހުން ހޯދި މުދަލާއި ފައިސާ
މިދިޔަ މަހު ވަގަށް ނަގައިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 7.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދަލާއި ފައިސާ ހޯދައިފި
މާލޭގެ މަގުތައް އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން
ވައްކަމުގެ 71 މައްސަލަ، ފޭރުމުގެ 12 މައްސަލަ އަދި މާރާމާރީގެ 16 މައްސަލަ އަކަށް އެޓެންޑްވެފައިވޭ
ހުއްޓުވައިގެން މިދިޔަ މަހުގެ 5،264 މީހުންނާ ސުވާލުކޮށްފައިވޭ

މިދިޔަ މަހު ވަގަށް ނަގައިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 7.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދަލާއި ފައިސާ ހޯދާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ރިކަވަރކޮށްފައިވާ މުދަލުގެ ތަފާސް ހިސާބާ ގުޅޭގޮތުން އާދިއްތަ ދުވަހު ފުލުހުން ބުނީ، މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފާއިތުވި ސެޕްޓެމްބަރު މަހު މާލެ ފްރަންޓްލައިން ޕޮލިސިންގއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ މަހު ފުލުހުން ރިކަވާ ކުރި މުދަލުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 109 ސައިކަލެއް ހޯދާފައިވެއެވެ. އެއީ 6،878،766 ރުފިޔާއެވެ. 13 މޯބައިލް ފޯނު ހޯދާފައިވާއިރު، އެއީ 154،562 ރުފިޔާއެވެ. މީގެ އިތުރުން 32،300 ރުފިޔާ ހިމެނޭ 8 ބާވަތެއްގެ އިލެކްޓްރޯނިކްސް ސާމާނު ހޯދާފައިވާއިރު، 20 ކޭސްއާ ގުޅޭ 588،822.76 ރުފިޔާ ހޯދާފައިވެއެވެ. އަދި 39 އެހެނިހެން މައްސަލައާ ގުޅުންހުރި 43،115 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ މަހު ވަގަށް ނަގައިގެން ހުށަހެޅި ތަކެތީގެ ތެރެއިން 7.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދަލާއި ފައިސާ ހޯދުން

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގައި ވަނީ އެއް ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ސެޕްޓެންބަރު މަހުގެ ތެރޭގައި ޖުމްލަ 10 އެކްސިޑެންޓަކަށް އެޓެންޑްވެފައިވާ ކަމަށެވެ. އަދި ވައްކަމުގެ 71 މައްސަލަ ރިޕޯޓު ކުރުމާއި ގުޅިގެން އެމައްސަލަތައް ބަލަމުންދާއިރު، ފޭރުމުގެ 12 ސީންއަކަށް، މާރާމާރީގެ 16 ސީން އަކަށް އެޓެންޑްވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ހުއްޓުވައިގެން މިދިޔަ މަހުގެ 5،264 މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 4،776 ކުށުގެ ރެކޯޑް އޮތް މީހުންނާއި 488 ކުށުގެ ރެކޯޑް ނެތް މީހުންނެވެ.

ފުލުހުން ބުނީ، އަމާން ރައްކާތެރި މުޖުތަމައުއެއް ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތް ފުޅާ ކުރަމުންދާ ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިފައިވެއެވެ.

- ކޮމެންޓް