ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރެއްވި ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ރާއްޖޭގެ ޓީވީ ތަކުން ވަގުތުން ދެއްކި ޖަލްސާއެއްގައި އިއުތިރާފު ވެވަޑައިގެންފި އެވެ.
ރައީސް ޔާމިން ގެ ޕާޓީ، ޕީއެންއެފްގެ ފަރާތުން ބުރާސްފަތި ދުހަވުގެރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވަނީ ބައެއް ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުން ވައްކަންކޮށް، އެ ފައިސާ އަނބިންނާއި ދަރިންގެ އެކައުންޓް ތަކުގައި ރައްކާ ކުރާކަމުގެ ތުހުމަތު ކުރައްވާފަ އެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ ހުރިހާ ވައްކަމެއް ކުރީ ރައީސް ޔާމިން ކަމަށާއި، ނަމަވެސް ކުރި ވައްކަމާ ކުރިމަތިލާން ނުކެރިގެން އެފައިސާ އަނބިމިހާ އާއި ދަރިންގެ ނަމުގައި ނުބަހައްޓަވާ ކަމުގަ އެވެ. އަދި އެއީ ވަރަށް ފިނޑި އަދި ފިރިހެން ސިފައެެއް ނޫން ކަމަށް ރައީސް ޔާމިން ސިފަ ކުރައްވާފައިވެ އެވެ.
އަޅުގަނޑު ވިއްޔާ ހުރިހާ ވައްކަމެއް ކުރީ އަޅުގަނޑު، އެކަމަކު އަޅުގަނޑު ކުރާ ވައްކަމާ ކުރިމަތިލާން ނުކެރިގެން އަޅުގަނޑުގެ އަނބިމީހާޔާ ދަރިންގެ ނަމުގައެއް ނުބަހައްޓަން، ހާދަ ފިނޑި ކަމެކޭ އެއީ، އެއީކީ ފިރިހެން ސިފައެއް ނޫން، އޭރުން އެފަކީރު ނޫންތޯ ތަހުގީގަށް ދަމާނީ، އަޅުގަނޑު ވައްކަން ކޮށްގެން ހޯދާ ލާރި ދަރިފުޅު ޒޭނުގެ ނަމުގައި ހުރެއްޖެއްޔާ ޒޭނަށް އެނގޭނެތޯ އެޔަށް ޖަވާބުދާރީ ވާން، އެކަމު މި މީހުންގެ ފިނޑިކަން ހުންނަ މިންވަރު މިއީ އިނގޭތޯ
ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް![]()
ޖަލްސާގައި ޔާމިން ވަނީ މި ސަރުކާރަށް، ވަކިން ހާއްސަކޮށް ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވާފަ އެވެ. މި ސަރުކާރުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންތަކާއި ވައްކަންތައް އޮތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން ރޭ ބޮޑެތި ތުހުމަތުތަކެއް ކުރައްވާއިފަވެ އެވެ.
މިއީކީ ރައްޔިތުންގެ ތާއީދު އޮވެގެން، ރައްޔިތުންގެ ލޯބި ހޯއްދަވައިގެން ވެރިކަން ކުރައްވާ ރައީސެއް ނޫން ކަމަށާއި މި ހުންނެވީ އެކުރެވުނު ގޮތަކަށް ކުރެވުނު ކަމެއް ކޮށްގެން ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާ ރައީސެއް ކަމަށް ކުރީގެ ރައީސް ޔާމިން ވިދާޅުވެފައިވެއެވެ. އެއްވެސް މުއައްސަސާ އަކަށް ހިރިނުލެވިގެން މި އުޅެނީ އެހެން ރައީސް މުއިއްޒު ކޮންމެ ގޮތެއް ހަދާފައިވެސް ވެރިކަމުގައި ހުންނަން ބޭނުންވާތީ ކަމަށް ޔާމިން ވާނީ ވިދާޅުވެފަ އެވެ. ހުރިހާ މުއައްސަސާއެއް މިހާރު ޑިސްފަންކްޝަނަލް ކަމަށާއި އެއްވެސް ތަނެއް މިނިވަންކަމާއި އެކު އޮޕަރޭޓް ކުރަން ރައީސް މުއިއްޒު ފުރުސަތު ނުދެއްވާ ކަމަށް ޔާމިން ތުހުމަތު ކުރެއްވި އެވެ.
ދެ އަހަރު ދުވަސްތެރޭ 110 ބިލިޔަން ރުފިޔާފެ ބަޖެޓް ފާސްކޮށް އެފައިސާ ނަގާ ނިންމާފައިވާ ކަމަށް ކުރީގެ ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން އެތަކެއް ގޮތަކުން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ ވައްކަން ކުރަމުންދާކަމަށް ވެސް ކުރީގެ ރައީސް ޔާމިން ވިދާލުވެފައިވެއެވެ.