ކ. މާލެ
|
15 އޭޕްރިލް 2025 | އަންގާރަ 13:42
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
އިސްރާއީލް ޕާސްޕޯޓު
ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުގެނެސްގެން ފާސްކުރި އިސްރާއިލް ޕާސްޕޯޓު މަނާކުރުމުގެ ބިލު ތަސްދީގުކޮށްފި
ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނައުމާއި އެކު ބިލުގެ މަގްސަދު ގެއްލިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ
ރައީސް ޑރ.މުއިއްޒު މި ބިލު ތަސްދީގުކުރައްވާފައި ވަނީ އަންގާރަ ދުވަހު

ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުގެނެސްގެން ފާސްކުރި އިސްރާއިލް ޕާސްޕޯޓު މަނާކުރުމުގެ ބިލު, ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

އެމަނިކުފާނު ބިލު ތަސްދީގުކުރައްވާފައި ވަނީ އަންގާރަ ދުވަހުއެވެ.

އަންގާރަ ދުވަހު އެ ބިލު މަޖިލީހުން ފާސް ކުރީ ޖުމުލަ 83 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ފާސްކޮށްފައި ވަނީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއި ވެސް އެކުގައެވެ. އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުށަހަޅައިފައިވާ މައްސަލަ އާއި ގުޅިގެން ފަލަސްތީނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލަންދެން އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ން ނިންމީ ހޯމަ ދުވަހުއެވެ.

އެގޮތަށް ނިންމާފައި ވަނީ ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށް ވާ އިރު މި ނިންމުން ނިންމާފައި މި ވަނީ އިސްރާއިލް ޕާސްޕޯޓު މަނާކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރިތާ 316 ދުވަސް ފަހުންނެވެ.

މި ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނައުމާއި އެކު ބިލުގެ މަގްސަދު ގެއްލިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި މިއީ ސަރުކާރުން އިޚުލާސްތެރި ނިޔަތެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މީގެ އިތުރުން އިސްރާއިލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ނިންމާ އެކަން އިއުލާންކޮށް، ބައިނަލްއަޤުވާމީ ދުނިޔޭގެ ކުރިމަތީގައި ސަރުކާރުން އެކަމުގެ ކްރެޑިޓް ނެގި ނަމަވެސް އެ ނިންމުމާއި އެއްގޮތަށް އަމަލުކޮށްފަ އެއް ނުވެއެވެ.

- ކޮމެންޓް