ކ. މާލެ
|
13 އޭޕްރިލް 2025 | އާދީއްތަ 15:17
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި ހައްޔަރުކުރި މީހާ
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި ހައްޔަރުކުރި މީހާ
ޕޮލިސް
މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން
މަންދީގެ ގަޔަށް ކަޅު ތެޔޮ ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
ތަހުގީގަށް އެއްބާރުލުން ދޭން ރިޝްމާހު ވަނީ އެއްބަސްވެފައި
އޭނާ ފުރަތަމަ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން 27 މާރޗް ގައި
މަންދީ ގަޔަށް ބަޔަކު ކަޅު ތެޔޮ ޖަހާފައި ވަނީ 16 މާރިޗް 2025 ވީ އާދީއްތަ ދުވަހުގެ ރޭ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅު ތެޔޮ ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރުތުތަކާއެކު ދޫކޮށްލައިފި އެވެ.

މަންދީ ގަޔަށް ބަޔަކު ކަޅު ތެޔޮ ޖަހާފައި ވަނީ 16 މާރިޗް 2025 ވީ އާދީއްތަ ދުވަހުގެ ރޭ، މާލޭގެ ވުޑްބެރީ ރެސްޓޯރަންޓް ހިމެނޭ ސަރަހައްދުގަ އެވެ. މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައި ވަނީ ހެލްމެޓު އަޅައިގެން އަދި މާސްކް އަޅައިގެން ސައިކަލުގައި އައި ބައެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ގއ.ދާންދޫ/ ސަންލައިޓްވިލާ، 20 އަހުމަދު ރިޝްމާހެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 27 މާރޗް ވީ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެ އެވެ. އަދި 28 މާރޗްގައި ކްރިމިނަލް ކޯޓުން ވަނީ ރިޝްމާހްގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

މުއްދަތު ހަމަވުމާއި ގުޅިގެން 12 އޭޕްރީލް 2025 ގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް އޭނާ ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. އަދި ޝަރުތުތަކާއެކު ދޫކޮށްލާފައިވަނީ، ތަހުގީގަށް އެއްބާރުލުން ދޭން އޭނާ އެއްބަސްވެފައިވާތީ، ބަންދަށް ލުއި ދިނުމަށް ފުލުހުން އެދިފައި ވާތީ އެވެ.

މީގެ ކުރިން ވެސް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ރިޝްމާހު ހައްޔަރުކޮށްފައިވެއެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ވެސް މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެ އެވެ.

- ކޮމެންޓް