ކ. މާލެ
|
28 މާރޗް 2025 | ހުކުރު 19:05
މިޔަންމާއަށް އައި ބިންހެލުން 28-03-2025
މިޔަންމާއަށް އައި ބިންހެލުން 28-03-2025
ރޮއިޓަރސް
މިޔަންމާ އައި ބިންހެލުން
މިޔަންމާ އަށް ބާރުގަދަ ބިންހެލުމުގައި ރާއްޖެއަށް ނުރައްކަލެއް ނެތް: މެޓް
ފުރަތަމަ ބިންހެލުން އައި ފަހުން 12 މިނެޓްފަހުން، ރިކްޓަރ މިންގަނޑުން 6.4 ގެ އިތުރު ބިންހެލުމެއް އައި
މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދި ސާފެއް ނުވޭ

މިޔަންމާއަށް ބާރުގަދަ ބިންހެލުމުގައި ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ހުކުރު ދުވަހުގެ ހެނދުނު ރާއްޖެ ގަޑިން 11:32 އެހާއިރު މިޔަންމާއަށް އައި މިބިންހެލުމުގައި 7.6 މެގްނަޓިއުޓް ހުރި ކަމަށް ރިކޯޑް ކުރެވިފައިވެ އެވެ. މިއީ ރާއްޖެއާއި 3121 ކިލޯ މީޓަރުގެ ދުރުމިން ކަމުން، މިބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާ އާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކަށް ވެސް މި ބިންހެލުމުގެ އަސަރު އިހުސާސް ކުރެވިފައިވާ ކަމަށް, އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ވަނީ ބުނެފައެވެ.

މިޔަންމާގައި މިސްކިތެއް ވެއްޓި 3 މީހުން މަރުވިކަމަށް ރޮއިޓަރސް އިން ރިޕޯޓްކޮށްފައި ވެއެވެ.

މި ބިންހެލުމުގެ ސަބަބުން ސަތޭކަ މޭލު ދުރުގައިވާ ތައިލެންޑްގެ އިމާރާތްތަކެއް ވެއްޓި، ވެރިރަށް ބެންކޮކްގައި "އިމަރޖެންސީ ހާލަތުވަނީ ވަނީ އިއުލާންކޮށްފަ އެވެ. އެ ސަރަޙައްދުގައި އިމާރާތްކުރަމުންދިޔަ އުސް ޢިމާރާތެއް ވެއްޓި، އޭގެ ތެރޭގައި ތާށިވެފައިތިބި ގިނަ ބަޔަކު ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ.

ފުރަތަމަ ބިންހެލުން އައިތާ 12 މިނެޓްފަހުން، ރިކްޓަރ މިންގަނޑުން 6.4 ގެ އިތުރު ބިންހެލުމެއް އައިކަމަށް ޔޫއެސްޖީއެސް އިން ބުނެފައިވެއެވެ.

މި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ބެންކޮކުގެ މެދުތެރޭގެ އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ސަރަހައްދެކެވެ. ނަމަވެސް މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެގެން ރިޕޯޓްކޮށްފައެއް ނުވެއެވެ. 

އޭޝިއާގެ އެންމެ ފަގީރު ޤައުމުތަކުގެ ތެރެއިން ޤައުމެއްކަމަށްވާ މިޔަންމާއަކީ 2021 ގައި ހިނގި ސިފައިންގެ ބަޣާވާތަކާ ގުޅިގެން ހިނގަމުންދާ ހަނގުރާމައެއްގެ ތެރޭގައިވާ ޤައުމެކެވެ.

ދަށް ފެންވަރުގެ އަސާސީ ވަސީލަތްތަކުގެ ސަބަބުން، މިޔަންމާ މިފަދަ ގުދުރަތީ ކާރިސާތަކާ ކުރިމަތިލުމުގެ ޤާބިލްކަން ވަރަށް ދަށް ގައުމެކެވެ.

- ކޮމެންޓް